މަރުވުމަށްފަހުގައިވެސް އެކަމުގެ ފައިދާ ކުރާނެ 7 ކަންތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
މަރުވުމަށްފަހުގައިވެސް އެކަމުގެ ފައިދާ ކުރާނެ 7 ކަންތައް-

ތިމާ މަރުވެ ކައްވަޅުގައި އޮތް ނަމަވެސް އެމީހަކު ދުނިޔޭގައި ކޮށްފައިވާ 7 ކަމަކުން އެމީހަކަށް މަންފާކުރަމުން ދާނެކަމަށް ރަސޫލް (ﷺ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ.

އެއީ: މީހުންނަށް ފައިދާކުރާނެ ޢިލްމެއް ދޫކޮށްފައިވުން (ބައަކަށް ކިޔަވައިދީފައިވުން)، މީހުންނަށް ފެން ލިބޭނެ ކޯރެއް ކޮނެދިނުން، ފެން ލިބޭނެ ވަޅެއް ބަހައްޓައިދިނުން، މީހުންނަށް ފައިދާ ކުރާނެ ގަހެއް އިންދާފައި ހުރުން، މިސްކިތެއް އަޅާފައިވުން، މީސްތަކުން ކިޔަވާނެ ޚަޠިމް ދީފައިވުން، އޭނާއަށްޓަކައި ހެޔޮ ދުޢާކުރާނެ ދަރިން ތަރުބިއްޔަތުކޮށްފައިވުމެވެ.

މީގެތެރެއިން ގަސް އިންދާ ހެއްދުމަށް ބަލައިލާނަމެވެ.

މީސްތަކުންނޭވެ! ގަސް އިންދަންވީ އެކަމުން ތިމާ ފައިދާ ޙާޞިލުކުރަން އެކަންޏެއް ނޫނެވެ. އެކަމުން އެހެން މީހުންނަށްވެސް ފައިދާ ހޯދައި ދިނުމަށެވެ. މީގެތެރޭގައި ހިމެނެނީ ހަމައެކަނި ކާބޯތަކެތި އަޅާ ގަހެއް ނޫނެވެ. އެގަހަކުން ބައަކަށް ހިޔާ ލިބޭނެ ގަސްވެސް ހިމެނެއެވެ.

ގަސް އިންދުމާއި ތިމާ ވެށްޓާއި ގުޅުވައިގެން ޖަމިއްޔާތަކުން ބުނާ ބަސްތަކަކީ މާވަރުގަދައެއްޗަކަށް ހަދައިގެން ވާހަކަދައްކަމުން ގެންދާއިރު ގަސް އިންދައި ހެއްދުމުގެ މުހިންމުކަން އިސްލާމް ދީނުގައި މިއޮތީ މާފުރިހަމައަށް ފެންނާށެވެ. މީގެ އިތުރުން ހަނގުރާމައިގެ ވަގުތުގައިވެސް ގަސްތަކަށް ގެއްލުން ނުދިނުމަށް ރަސޫލް (ﷺ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ.

ދެން ބުނެލަން އޮތީ މީހަކު ދެކެ ކިތަންމެ ރުޅިއައިނަމަވެސް އޭނާގެ ދަނޑުބިންތަކަށް ގެއްލުން ނުދޭށެވެ! އެއިން ކައިބޮއި ހަދާނީ ކޮންބައަކުކަން ކުރިން ނުވެސް އެނގޭނެއެވެ. ވީމާ މީސްތަކުންނަށް ރިޒުޤް ލިބެންހުންނަ މަގުތަކަށް ހުރަސް ނާޅާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން