ކިތަންމެ ގާތް މީހަކު ބުނި ނަމަވެސް ދެމަފިރިއެއްގެ ގުޅުމަށް ނޭދެވޭ އަސަރުކޮށްފާނެ އެއްވެސް ވާހަކައެއް ދެއްކުން ހުއްދައެއް ނޫން! އެއީ ފާފައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ކިތަންމެ ގާތް މީހަކު ބުނި ނަމަވެސް ދެމަފިރިއެއްގެ ގުޅުމަށް ނޭދެވޭ އަސަރުކޮށްފާނެ އެއްވެސް ވާހަކައެއް ދެއްކުން ހުއްދައެއް ނޫން! އެއީ ފާފައެއް!

ތިބާ ގާތު ތިމާ އިތުބާރުކުރާ މީހަކު ބުނެފާނެއެވެ. ކިޔައިދީފާނެއެވެ. ޔަޤީންކުރެވޭ ހެކި އެބަހުރި ކަމަށްވެސް ބުނެފާނެއެވެ. މައްސަލައެއް ނެތެވެ. ކިތަންމެ ގާތް މީހަކު ބުނި ނަމަވެސް އެވާހަކައަކަށް ކިތަންމެ ބޮޑު ޔަޤީންކަމެއް އޮތް ނަމަވެސް ދެމަފިރިއެއްގެ ގުޅުމަށް ނޭދެވޭ އަސަރުކޮށްފާނެ އެއްވެސް ވާހަކައެއް ނުދައްކާށެވެ! 

އެފަދަ ވާހަކައެއް ތިބާ ފަތުރާނަމަ އެއިގެ މާނައަކީ ތިބާ އެކަމާ ކަންބޮޑުވެއެވެ. ކަންބޮޑުވާނަމަ ކުރަން އޮތް ކަމަކީ އެވާހަކަ ފަތުރައި ފިތުނަ އުފެއްދުމެއް ނޫނެވެ. އަނދަމުންދާ ހުޅުގަނޑަށް ދަރު އެޅުމެއް ނޫނެވެ. ދަރު އެޅުމުން ހުޅުގަނޑު ވާނީ ބޮޑެވެ. އެއިގެ ބަދަލުގައި ތިބާއަށް އޮތީ އެދެމީހުންގެ ކަންކަން ޞުލްޙަކުރެވޭތޯ މަސައްކަތްކުރުމެވެ. 

ދެމަފިރިއެއްގެ ގުޅުމަށް ނޭދެވޭ އަސަރެއް ކޮށްފާނެ އެއްވެސް ވާހަކައެއް ދެއްކުން ހުއްދައެއް ނޫނެވެ! އެއީ ކުރެވޭ ބޮޑު ފާފައެކެވެ. ބިރުވެތިވާށެވެ! ތިމާއަކީ އެހެންމީހުންގެ ޒަވާޖީ ޙަޔާތް ދަމަހައްޓުވަން މަސައްކަތްކުރާ މީހަކަށްވާށެވެ! އެކަމުގެ ސަބަބުން ތިބާގެ ޒަވާޖީ ޙަޔާތުގައި ބަރަކާތް ލައްވަވާށިއެވެ! އިން ޝާ ﷲ

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން