"މުންކަރާތެއް ފާޅުވާހިނދު އެކަމަށް އިންކާރުކުރާނޭ އަޑެއް ނެތްނަމަ، އެއަށްވުރެއް ބޮޑެތި މުންކަރާތްތައް އެއާ ވިދިގެން އާދެއެވެ. އިންކާރު ކުރުމުން ޙާލަތު އިޞްލާޙުނުވި ކަމުގައިވިޔަސް އިންކާރުކުރަން ޝަރުޢުވެފައި ވަނީ، ވިދިގެން އަންނަންއޮތް މުންކަރާތް މަޑުޖެހޭނީ އޭރުންކަމުގައި ވާތީއެވެ"
- ޝައިޚް މުޙައްމަދު ޣާލިބް .
ކަން އޮތީ މިފަދައިންނަމަވެސް މިއަދު މިފެންނަނީ ތިމާ ރުހޭ މީހާ ކިތަންމެ ގިނަބައިން ކިތަންމެ ބޮޑު ފާފައެއް ކުރިނަމަވެސް ރުހިގެން ހުންނަތަނެވެ. މިއީ ވަރަށް ބޮޑަށް ބިރުވެތިވެ ސަމާލުވާންޖެހޭ ކަމެކެވެ.
ފާފަކުރަނީ ތިމާގެ ގާތް، ތިމާ ލޯބިވާ މީހަކު ނަމަ އޭނާއަށް ނަޞޭޙަތްދޭން އަވަސްވެގަންނާށެވެ! ފާފަނުކުރުން އެދި އާދޭސްވެސް ކުރާށެވެ! ތަކުރާރުކުރުމުންވެސް އިޞްލާޙްނުކުރިނަމަ ﷲ ތަޢާލާއަށް ވަކީލްކުރުމަށްފަހު އެމީހަކާއި ދުރުވެގަންނާށެވެ! އޭނާގެ ސަބަބުން ތިބާވެސް މަގުފުރެދިދާނެ ކަމަށްތަކައެވެ.