މިބަޔާންކުރަނީ އެބައަކާއި ދެކޮޅަށް ޤިޔާމަތް ދުވަހު ﷲ ތަޢާލާ ހުންނަވާނެ 3 ބާވަތެއްގެ މީހުންނެވެ. މީގެތެރޭގައި ހިމެނިއްޖެނަމަ ތިބާގެ ޙާލަކީ ކޮބައިހެއްޔެވެ؟
ޤިޔާމަތް ދުވަހު ﷲ އެމީހަކާއި ދެކޮޅަށް ހުންނަވާނެ 3 މީހަކު ވެއެވެ!
1 ﷲ ގެ ނަންފުޅު ބޭނުންކޮށްގެން ބަސް ބުނެފައި އެ ބަސް އުވާލާ މީހާ
2 މިނިވަނަކު ވިއްކާލައި އެ ފައިސާ ބޭނުންކުރި މީހާ
3 އުޖޫރައަށް މީހަކު ލައްވައި މަސައްކަތްކުރުވުމަށްފަހު އެއްބަސްވި އުޖޫރައިން މަދުކުރާ އަދި އުޖޫރަ ނުދިން މީހާ
--ޙަދީޘް
މާތް ﷲ ގަންދީ ހުވާކުރުމަށްފަހު ހުވައާއި ޚިލާފުވުން މިއަދު މިވަނީ ޢާންމުވެފައެވެ. 1 ގައި އެވަނީ އެކަމުގެ ހުރި ނުބައިކަން ބޮޑުކަމުގެ ވާހަކައެވެ.
މީގެ ތެރެއިން 2 ވަނަ މީހާއަށް ބަލައިލުމުން އިންސާނުން އަޅުވެތިކޮށް ހަށިވިއްކުވުން ފަދަ އަމަލުތައް ކުރުވައިގެން ފައިސާ ހޯދާ މީހުންނަށް ކުރިމަތިވެދާނެ މައްސަލައަށް ބިރުވެތިވާން ޖެހެއެވެ.
3 ވަނަ ކަންތަކަށްބަލާއިރު ބޮޑު މުސާރަ ދޭނެ ކަމަށް ބުނެ ރާއްޖެއަށް މީހުން ގެނައުމަށްފަހު އެއްބަސްވި އުޖޫރަ ނުދޭ މީހުންނާއި މީހުންނަށް ދޭން ޖެހޭ މުސާރަ ނުދޭ މީހުން އިންތިހާއަށް ބިރުގަންނަން ނުޖެހޭތޯއެވެ؟
މީހުން ވިއްކުމުގެ އާދަ މިއަދު ނެތްނަމަވެސް ދެން ބަޔާންކުރެވުނު 2 ކަންތައްކުރާ މީހުން މަދުކަމަކަށް ނުބުނެވޭނެއެވެ! ﷲ ތަޢާލާގެ ނަންފުޅު ބޭނުންކޮށްގެން ބަސް ބުނެފައި އެ ބަސް އުވާލާ މީހުން މަދެއްނޫނެވެ! އަދި އުޖޫރައަށް މީހުންލައްވައި މަސައްކަތްކުރުވުމަށްފަހު އެއްބަސްވި އުޖޫރައިން މަދުކުރާ މީހުންނާއި އުޖޫރަ ނުދޭ މީހުންވެސް މަދެއްނޫނެވެ! އެމީހުން ޤިޔާމަތް ދުވަހު ﷲ ތަޢާލާއަށް ދައްކާނީ ކޮން މޫނެއްހެއްޔެވެ؟
Nabi ﷺ said: Allah said: There r 3 whose adversary I shall be on the Day of Resurrection Man who's given his word by Me & has broken it Man who's sold a free man & has consumed the price Man who's hired a man, has exacted his due from him & has not given him his wage Qudsi 21