މިއަދަކީވެސް ހުކުރުދުވަހެކެވެ. ހުކުރު ދުވަހުގައިވާ އެންމެ ޚާއްޞަ އެއްކަމަކީ ދުޢާ ޢިޖާބަ ކުރައްވަވާ ވަގުތުކޮޅެއް ހިމެނިފައިވާ ކަމެވެ. އެވަގުތުކޮޅުގައި ދުޢާކުރެވިއްޖެނަމަ އެކަމެއް ވަގުތުން ހިންމަވައިދެއްވަވާނެތެވެ.
އެވަގުތުކޮޅާއިމެދު ދަންނަބޭކަލުންގެ މެދުގައި ޚިލާފް އުފެދިފައިވީނަމަވެސް އެވަގުތުކޮޅު ހިމެނިގެންވާކަމަށް ގިނަ ދަންނަބޭކަލުން ބުރަވެވަޑައިގަންނަވަނީ ޢަޞްރުވަގުތާއި އިރުއޮއްސުމާއި ދެމެދުގައި ކަމަށެވެ. އަޅުގަނޑުމެންނަށް އޮތީ އެވަގުތު ހޯދަން މަސައްކަތްކުރުމެވެ.
މިއަދުވެސް މިފަދަ ދުޢާއެއް ގިނަގިނައިން ކުރަމާތޯއެވެ!
"ޔާ ﷲ! އަޅަމެންގެ މައިންބަފައިންގެ ފާފަ ފުއްސަވައި ދެއްވަވއިދޭވެ! އަޅަމެންގެ ދަރިންނަށް ތެދުމަގު ދައްކަވާނދޭވެ! އެންމެހައި ބަލިމަޑުކަމުން އަޅަމެން އެންމެން ސަލާމަތްކޮށްދެއްވަވާނދޭވެ! ޙަސަދަވެރިންގެ ކިބައިން ނަޞްރު ދެއްވަވާނދޭވެ! ޝަހާދަތުގެ މަތީގައި މަރުގެންދަވާނދޭވެ! މަރުވުމުން ޖަންނަތުލްފިރުދައުސް މިންވަރުކޮށްދެއްވާނދޭވެ! ޔާ ﷲ! މިއަޅާގެ ދުޢާ ޢިޖާބަކޮށްދެއްވަވާނދޭވެ!"