ފަސްސަތޭގެ ރާސްތާގެ ބޯމިންހުރި އުޑުތައް ފަޅަފަޅައިގެންދާނެ! އެއަޑުތައް އިވުނީމާ ކިހިނެއްތޯ އަޅުގަނޑުމެން ހަދާނީ؟: ޝައިޚް ފަރީދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 31ސ
ފަސްސަތޭގެ ރާސްތާގެ ބޯމިންހުރި އުޑުތައް ފަޅަފަޅައިގެންދާނެ! އެއަޑުތައް އިވުނީމާ ކިހިނެއްތޯ އަޅުގަނޑުމެން ހަދާނީ؟: ޝައިޚް ފަރީދު

" إِذَا السَّمَاءُ انْفَطَرَتْ " އުޑު ފަޅަފަޅައިގެން ގޮއްސިހިދޭ، އުޑުގެ ބޯމިނަކީ " وعُمق كُلِّ السَّمَاءِ خَمْسُ مِئة عَام  " އަދި އުޑުގެ ބޯމިން 500 އަހަރު ހުންނާނެތޭ ދެންފަހެ 500 އަހަރުގެ ރާސްތާގެ ބޯމިނުގަހުރި މާސިންގާ އުޑުތައް ފަޅަފަޅައިގެންދާހިނދު އޭގެ އަޑުފައްގަޑު އައިސް ކަންފަތުގާ ޖެހުނީމާ ކިހިނެއްތޯ އަޅުގަޑުމެން ހަދާނީ ސުބްޙާނަﷲ ފަޅަފަޅައިގެން ބައިބަޔަށް އުޑުގެ އަރިއަރި މަތީގާ މަލާއިކަތް ބޭކަލުން ތިއްބަވާނެ ބިރުފުޅުން ބައިބަޔަށް. އުޑު ފަޅަފަޅައިގެންދާނެ. 

އެވާހަކަ މިތަނުގާ މިއަންގަވަނީ  " إِذَا السَّمَاءُ انْفَطَرَتْ ، وَإِذَا الْكَوَاكِبُ انْتَثَرَتْ " އަދި ތަރިތައް ބުރަބުރައިގެންގޮއްސި ހިދޭ " إِذَا السَّمَاء انشَقَّتْ "  އުޑު ފަޅަފަޅައިގެން ގޮއްސި ހިނދޭ ހަމަ އެއްމާނައެއް ދޭހަވާ އެކިއެކި ކަލިމަތައް މިއަންނަނީ އުޑުފަޅަފަޅައިގެންގޮސް "وَأَذِنَتْ لِرَبِّهَا وَحُقَّتْ " ކޮންމެއަކަސް އެބިން އެބިމުގެ ރައްބަށް ކިޔަމަންވާނެ! އެބިމުގެ ރައްބު އެންގެވިގޮތަކަށް އެބިމަށް ވެގެން ދާނެތޭ، ދެންފަހެ އެފަދަ ޙާލެއްގާ އެބައިމީހުން ވޭތުކުރަމުންދާނީ." 

- ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު 

ޤިޔާމަތް ދުވަހާއި ޤިޔާމަތްވުމުގައި ކަންކަން ހިނގާނެ ގޮތުގެ ވާހަކަތަކަށް ގިނަގިނައިން ވިސްނުމަކީ ހިތަށް ބިރުވެރިކަންވަދެ ޢަމަލުތައް އިޞްލާޙްކުރަން ބާރުއަޅާ ކަމެކެވެ. އާޚީރަތް ދުވަހާއިމެދު ހިތުގައި ބިރުވެރިކަން ނެތް ހިތަކީ އެހިތެއްގައި އެއްވެސް ހެޔޮކަމެއް ނެތް ހިތެކެވެ. ދުނިޔޭގެ އެދުމަށް ގެއްލި ހުސްވެފައިވާ ހިތެކެވެ. 

ދުނިޔެ ނިމިގެންދާއިރު ކުރިމަތިވާ ބިރުވެރިކަމުން ސަލާމަތްވެވޭނެ މީހަކު ނުހުންނާނެ ކަމަކަށް ނުބުނެވޭނެއެވެ. އެހެނީ ބަރުޒަޚޫގެ ޢާލަމުގައި (ކައްވަޅުގައި) ތިބިނަމަވެސް ﷲ ތަޢާލާ ދައްކަވަން އިރާދަކުރައްވަވައިފި ކޮންމެ ކަމެއް ދައްކަވާނެތެވެ. އެކަންކަމުގެ މައްޗަށް އެއްވެސް މީހަކަށް އެއްވެސް ބާރެއް ނުހިންގޭނެތެވެ. 

ހަމައެކަނި ކުރެވެން އޮތްކަމަކީ ތިމާއަކީ އާޚިރަތް ދުވަހުގެ ބިރުވެރިކަމުން ސަލާމަތްކުރައްވަވާނެ މީހަކަށްވާން ގަދައަޅައި މަސައްކަތްކުރުމެވެ. އެކަން ޙާޚިލުކުރެވޭނީ މިބުނި މަގުން މަސައްކަތްކުރެވިގެންނެވެ. ގިން ގިނައިން މަރުހަދާންކުރާ އަދި އާޚިރަތް ދުވަސް ހަނދާންކުރާ މީހަކަށްވެގެންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން