މިސްކިތުގެ ޖަމާޢަތުގަ ނަމާދުކުރުމަކީ ފިރިހެނުންނަށް ކޮންމެ ދުވަހަކު 5 ފަހަރުކުރަންޖެހޭ ކަމެއް! އެންމެ ފުރަތަމަ ނަރަކައަށް އެއްލަލެވޭނީ ދެއްކުންތެރިން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
މިސްކިތުގެ ޖަމާޢަތުގަ ނަމާދުކުރުމަކީ ފިރިހެނުންނަށް ކޮންމެ ދުވަހަކު 5 ފަހަރުކުރަންޖެހޭ ކަމެއް! އެންމެ ފުރަތަމަ ނަރަކައަށް އެއްލަލެވޭނީ ދެއްކުންތެރިން!

މިސްކިތުގެ ޖަމާޢަތުގައި ފަރުޟު 5 ނަމާދު ޤާއިމުކުރުމަކީ ބާލިޣްވެފައިވާ ކޮންމެ ފިރިހެނަކު ކޮންމެ ދުވަހަކު ކުރަންޖެހޭނެ ކަމެކެވެ. އެއީ ތިމާއަށް ވަކިކަމެއް ޙާޞީލުކުރަން ބޭނުންވުމުން ނުވަތަ ވަކިބައެއްގެ ރުހުން ހޯދަން ކުރަން އޮތްކަމެއް ނޫނެވެ. 

މިސްކިތުގެ ޖަމާޢަތުގައި ޢާންމުކޮށް ނަމާދުނުކުރާ މީހަކު ވަކިކަމަކަށް ކުރިމަތިލައިގެން އުޅޭއިރު މީސްތަކުންގެ ރުހުން ހޯދަން އެކަންކުރާނަމަ އެކަމަކީ ދެއްކުންތެރިކަމުގެ ޢަމަލެއްކަމުގައި ބެލުމުގެ ފުރުޞަތު އެބައޮތެވެ. މިއީ ވަރަށް ނުރައްކައުތެރިކަމެކެވެ. 

ދެއްކުންތެރިކަމުގެ އެއްވެސް ޢަމަލެއް ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވާނެތެވެ. އަދި ދެއްކުންތެރިން ސުވަރުގެ ނުވައްދަވާނެތެވެ. އަދި އެންމެ ފުރަތަމަ ނަރަކައަށް އެއްލައިލެވޭނީވެސް ދެއްކުންތެރިންނެވެ. އެއީ ޞަޙީޙް ޙަދީޘުން ސާބިތުވާކަމެކެވެ. ވީމާ މިއީ ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމެކެވެ. 

ދެއްކުންތެރިކަމުގެ ނުބައި ސިފައިން އަޅަމެން އެންމެން ސަލާމަތްކުރައްވަވާނދޭވެ! އާމީން

 

 

މިއަދު އޮންލައިން