މުސްލިމުންނަށް ޤުދުސް ފަތަޙަ ކުރެވުމުން މުސްލިމުންގެ އަމީރު ޢުމަރު (ރޢ) ޤުދްސަށް އަރައިވަޑައިގަތީ 14 ތަނުގަ ފޮތި އަޅާފައިވާ ލިބާހެއް ތުރުކުރައްވައިގެންނެވެ. އެފަދަ ފޭރާމެއްގައި ޤުދުސްގެ އަހުލުވެރިން އެކަލޭގެފާނު ޤަބޫލުނުކޮށްފާނެ ކަމަށް ދެންނެވުމުން ވިދާޅުވީ މުސްލިމުންގެ ޤަދަރު މަތިވެރިވަނީ ލާފޭރާމާއި ތަނަވަސްކަމުން ނޫން ކަމަށާއި ﷲ ތަޢާލާ އެމީހެއްގެ ޤަދަރު މަތިވެރިކުރެއްވެވުމުން ކަމަށެވެ.
ކަންއޮތީ މިފަދައިން ނަމަވެސް މުސްލިމުންގެ މިއަދުގެ ވެރިން އަމަލުކުރާގޮތް ނިކަން ދެކިބަލާށެވެ. މީހަކާއި ބައްދަލުކޮށްލަން ބޭނުންވި ނަމަވެސް ކިތަންމެ އާދައިގެ ތަނަކަށް ދިއަ ނަމަވެސް ދުނިޔޭގެ އެންމެ އަގުބޮޑު ފޭރާން ނުލެވިއްޖެނަމަ އެމީހުން ކަންބޮޑުވެއެވެ. ކިތަންމެ ބައިވަރެއް ހޭދަކޮށްގެންވެސް ލާން ބޭނުންވަނީ ދުނިޔޭގެ އެންމެ އަގުބޮޑު ފޭރާމެވެ. އަދި އެކަންކަމަށް ޚަރަދުކުރަނީވެސް ރައްޔިތުންގެ މާލިއްޔާއިން ފައިސާ ނަގައިގެންނެވެ. އިންތިހާއަށް ބޮޑު މުސާރަނަގައިގެންނެވެ. ކޮރަޕްޝަނާއި އެނޫންވެސް ގޮތްގޮތުން ފައިސާ ހޯދައިގެންނެވެ.
އިސްލާމީ އުންމަތަށް ކުރިއެރުން ނުލިބި އަބަދުވެސް ފަހަތަށް ޖެހެންޖެހިފައިވާ ސަބަބަކީވެސް ހަމައެއީ ނޫންތޯއެވެ!
ޝައިޚް މުޙައްމަދު ޣާލިބްގެ ދަރުސް އަޑުއައްސަވާލައްވަން: