ލިޔުމުގައިވާ ވީޑިއޯ ބައްލަވައިލައްވާށެވެ! އޭނާގެފުރާނަ ހިއްޕެވީ މިސްކިތުގައި ޚަޠިމްހުޅުވާލައިގެން ކީރިތި ޤުރްއާން ކިޔަވަން އިންދައެވެ.
މި ވީޑިއޯ ފެނުމުން ހަމައެކަނި ބަލާލައިގެން ނުފުދޭނެކަމަށް ޤަބޫލުކޮށް މިއަދުނޫހުގެ ކިޔުންތެރިންނަށްޓަކައި ނޫހުގައި ހިމަނައިލީއެވެ.
އަބަދުވެސް ދަންނަވާ ފަދައިން ރަނގަޅު ނިމުމެއް ދެއްވެވުން އެދި ދުޢާކުރުމުގެ އިތުރުން އެކަމަށް މަސައްކަތްވެސް ކުރަންޖެހެއެވެ. އޭނާއަށްވެސް އެފުރުޞަތު އެލިބުނީ މިސްކިތުގައި ޤުރްއާންކިޔަވަން އިންނާތީއެވެ. ގޭގައި ނަމަވެސް ޤުރްއާން ކިޔަވަން ނުއިންނަ މީހަކަށް އެފަދަ ފުރުޞަތެއް ނުލިބޭނެއެވެ.
މަރުވާނީ ކޮން ވަގުތަކު ކަމެއް ނުއެނގޭނެއެވެ. އޮތީ ވީޙާ ގިނައިން ހެޔޮޢަމަލުތައް ކުރަން މަސައްކަތްކުރުމެވެ.
ގުޅުންހުރި ވީޑިއޯ: