ތިބާ މަރުވެވަޅުލެވުމުން މެދުވެރިވާނެ މިކަންކަމަށް ވިސްނައިލަބަލާށެވެ! ހިތަށް ބިރުވެރިކަމެއްވަދޭތޯ ނިކަން މަސައްކަތްކޮށްލަބަލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ތިބާ މަރުވެވަޅުލެވުމުން މެދުވެރިވާނެ މިކަންކަމަށް ވިސްނައިލަބަލާށެވެ! ހިތަށް ބިރުވެރިކަމެއްވަދޭތޯ ނިކަން މަސައްކަތްކޮށްލަބަލާށެވެ!

މީސްތަކުންނޭވެ! ﷲ ތަޢާލާ ތިބާއަށް އިޚްތިޔާރުތަކެއް ދެއްވެވުމުން ތިމާއަކީ މާބާރުގަދަ މީހެއްކަމަށް ދެކެގެން ތިއައުޅޭއިރު ތިބާއަކީ ކޮން ބާރެއް ހުރި މީހެއް ހެއްޔެވެ؟ ތިބާގެ ނިކަމެތިކަން ނިކަން ދެކިބަލާށެވެ! 

މަރުވެ ވަޅުލެވުމުން 2 މަލާއިކަތުން ތިބާ ޢާއި ކުރައްވަވާ 3 ސުވާލަށް ރަނގަޅު ޖަވާބު ދެވުނު ނަމަވެސް އެކަން ޤަބޫލުވެވިގެންދަނީ ސުވަރުގެއިން އަޑެއް އައިސް އެބުނީ ތެދުކަން 2 މަލާއިކަތުންނަށް އަޑު އިއްވަވާ ހިސާބުންނެވެ. 

މިއީ ކުޑަ ކަމެއްކަމަށް ހީނުކުރާށެވެ! މިއީ ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމެކެވެ. ތިބާއަކީ ދުނިޔޭގައި ﷲ ތަޢާލާ އެންގެވި ގޮތަށް އުޅުނު މީހަކު ނަމަވެސް އެންމެ ކުޑަމިނުން ތިބާގެ ބަސް ޤަބޫލުކުރެވި ކައްވަޅުގެ ޢަޛާބުން ސަލާމަތްވުމުގައި ތިބާގެ އެއްވެސް ބާރެއް ނެތެވެ. ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއަށެވެ. ވީއިރު އަހަރެމެންގެހުރި ނިކަމެތިކަން ނިކަން ދެކިބަލާށެވެ! 

ހަމައެއާއިއެކު ކައްވަޅުގައި ސުވާލުކުރައްވަވަން ވަޑައިގަންނަވާ 2 މަލާއިކަތުން މުއުމިނުންނަށްވެސް ސުވާލުކުރައްވަވާނީ ހަމަ ހަރުކަށި ޢިބާރާތުންނެވެ. އެކަމުގެ ސަބަބުން މުއުމިނުންނަށްވެސް ޖަވާބު ހަނދާން ނެތިގެންދާނެއެވެ. ނަމަވެސް ﷲ ތަޢާލާ މުއުމިނުންނަށް ހަނދުމަކޮށްދެއްވަވާނެތެވެ.

މީސްތަކުންނޭވެ! އެނގިގެން މިދަނީ އަހަރެމެންނަކީ އެއްވެސް އާރެއް ބާރެއް ނެތް ވަރަށް ނިކަމެތި ބައެއް ކަމެވެ. ﷲ ތަޢާލާގެ ރަޙްމަތްފުޅު އެމީހަކަށްނުވާ މީހަކަށް ލިބޭނެ އެއްވެސް ޙަޤީޤީ ފައިދާއެއްވެސް ނެތްކަމެވެ. ވީއިރު ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަންކުރަން ހެޔޮވެދާނެ ހެއްޔެވެ؟ އެކަލާނގެ ރަޙްމަތުން ބޭރުކުރައްވަވައިފި މީހެއްގެ ޙާލަކީ ކޮބައި ހެއްޔެވެ؟ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

- ޝައިޚް މުޙައްމަދު ޣާލިބްގެ މި ދަރުސް އަޑުއައްސަވާލައްވާށެވެ! ހިތަށް ބިރުވެރިކަމެއް ވަދޭތޯ ނިކަން ަމސައްކަތްކޮށްލަބަލާށެވެ!   

ދަރުސްގެ ވީޑިއޯ:

 

މިއަދު އޮންލައިން