ޞާލިޙުގެފާނުގެ ވާހަކަ: އަވަހާރަވުން

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ޞާލިޙުގެފާނުގެ ވާހަކަ: އަވަހާރަވުން

މާތްالله سبحانه وتعالى، صالح عليه السّلام އާއި އެކަލޭގެފާނަށް އީމާންވި މުއުމިނުން ސަލާމަތްކުރެއްވެވުމުން، އެކަލޭގެފާނު މައްކާއަށް ވަޑައިގެން އެތަނުގައި ވަޒަންވެރިވެ ވަޑައިގެންނެވިއެވެ. ބައެއް ރިވާޔަތްތަކުގައި ވާގޮތުގައި صالح عليه السّلام އަވަހާރަވެ ފަސްދާނުވެޑުވިފައިވަނީ މައްކާގައެވެ. އޭރު އެކަލޭގެފާނުގެ އުމުރުފުޅަކީ 58 އަހަރުފުޅެވެ. {އިބްނު ޖަރީރުއްޠަބަރީ، ތާރީޚުއް ޠަބަރީ}

ނަމަވެސް މިދެންނެވި ރިވާޔަތަކީ މާބޮޑު އިތުބާރު ހިފޭ ރިވާޔަތެއްނޫނެވެ. އެހެނީ ޞައްޙަ ޙަދީޘަކުން صالح عليه السّلام އަވަހާރަވެ، ފަސްދާނުލެވުނުތަނަކާއި، އެކަލޭގެފާނުގެ އުމުރުފުޅެއް ސާފުކޮށް އެނގޭކަށް ނެތެވެ. މިދެންނެވި ރިވާޔަތްނޫން އިތުރު އެހެން ވަރަށް ގިނަ ރިވާޔަތްތައް މި މައުޟޫގައި ވާރިދުވެގެން އައިސްފައިވެއެވެ. 

އަރަހުށި މާތް ﷲ، صالح عليه السّلام އަށް ޞަލަވާތާއި ސަލާމްލައްވާށިއެވެ.! 

- ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް

 

 

 

 

މިއަދު އޮންލައިން