ރަސޫލް ޞޢޥ, ގެ ޒަވާޖީ ޙަޔާތްޕުޅުން: އެކަނބަލުން ކުޅޭ ހިނދު އެކަލޭގެފާނު އެކަނބަލުންނާ ސަމާސާ ކުރައްވައި ހިނިފުޅުވަރުނަކުރައްވައެވެ.

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 16ސ
ރަސޫލް ޞޢޥ, ގެ ޒަވާޖީ ޙަޔާތްޕުޅުން: އެކަނބަލުން ކުޅޭ ހިނދު އެކަލޭގެފާނު އެކަނބަލުންނާ ސަމާސާ ކުރައްވައި ހިނިފުޅުވަރުނަކުރައްވައެވެ.

ޢާއިޝާ رضي الله عنها ކުޅުއްވަން ގެންގުޅުއްވި ކުދިކުދި ބުދުތަކެއް ފެނިވަޑައިގެން އެއީ ކޮން އެއްޗެހިތަކެއްތޯ އެކަމަނާގެ އަރިހުން ނަބިއްޔާ صلى الله عليه وسلم ސުވާލުކުރެއްވިއެވެ. އެހިނދު އެކަމަނާ ވިދާޅުވިއެވެ: "بناتي". "އެއީ ތިމަންކަމަނާގެ ދަރިންނެވެ". އަދި އޭގެ ތެރެއިން ދެ ވަރަ (ފިޔަގަނޑު) ލާފައި އިން އަހެއް އެކަލޭގެފާނަށް ފެނިވަޑައިގެން އެއީ ކޮން އެއްޗެއްތޯ ސުވާލުކުރެއްވިއެވެ. އެކަލަމަނާ ޖާވާބުގައި ވިދާޅުވިއެވެ: "فرس". "އެއީ އަހަކެވެ". އެކަލޭގެފާނު އަނެއްކާ ސުވާލުރެއްވިއެވެ: "އޭގައި އެވަނީ ކޮން އެއްޗެއް ހެއްޔެވެ؟". އެކަމަނާ ވިދާޅުވިއެވެ: "جناحان". "(އެއީ) ދެ ފިޔަގަނޑެވެ". ޙަދީޘްފުޅު ކުރެއްވިއެވެ: "ދެ ފިޔަގަނޑު ލާފައި އިން އަހެއް ހެއްޔެވެ؟". އެކަމަނާ ވިދާޅުވިއެވެ: "ފިޔަގަނޑު ލާފައި ހުރި އަސްތަކެއް ސުލައިމާނު (عليه السلام) އަށް ލިބިވަޑައިގެންވި ވާހަކަ ކަލޭގެފާނު އަޑުނާއްސަވަމުތޯއެވެ؟" އެހިނދު އެކަލޭގެފާނުގެ ކޮލު ދަތް ފާޅުވާ ވަރަށް ނަބިއްޔާ صلى الله عليه وسلم ހިނިތުންވެވަޑައިގެންނެވިއެވެ. أبو داود 4932 صححه الألباني رحمه الله.

ނުނިމޭ 

- ޝައިޚް ޒަމްޒަމް ފާރިޝް

 

 

 

މިއަދު އޮންލައިން