އަހަރެންނަކީ މީގެ 5 އަހަރުކުރިއާއި ހަމައަށް ހިންދޫއެކެވެ. އިސްލާމް ދީނާއިބެހޭ ގޮތުން އެއްވެސް މައުލޫމާތެއް ލިބެންފެށީ މަސައްކަތު މާހައުލުން މުސްލިމް 3 އެކުވެރިން ލިބުމުންނެވެ. އެ އެކުވެރިންގެ ކިބައިން ލިބެންފެށި މައުލޫމާތާއިއެކު އިސްލާމް ދީނުގެ ކަންކަން އުނގެނުމަށް ޝައުޤުވެރިކަން އުފެދުނެވެ.
އެހެންވެ ޤުރްޢާނުގެ ތަރުޖަމާކީމެވެ. ވަރަށް ގިނަ ޙަދީޘްފޮތްތައްވެސް ކީމެވެ. ލިބުނު މައުލޫމާތުގެ އަލީގައި ފުރަތަމަ ބިރުގަންނަންފެށީ މަރުވުމުން ދެންވާނެ ގޮތަކާއިމެދުގައެވެ. ދެން ބިރުގަންނަންފެށީ ނަރަކައަށް ވަންނަން ޖެހިދާނެތީއެވެ. އެގޮތަށް ފަހަރަކު ކަމެއް ހިތަސް ވަންނަމުން ގޮސް އިސްލާމްދީނަށްވަނީ މީގެ 5 އަހަރުކުރިންނެވެ.
އަހަރެން މިހާރު އެންމެ ބޮޑަށް ސަމާލުކަންދެނީ މުސްލިމުން އިސްލާމްދީނުގައި ސާބިތުވެ ތިބުމަށް ގޮވާލުމަށެވެ. ވީމާ ހިންދޫންނާ އެހެންވެސް ދީންތަކުގެ އެކުވެރިން ގެންގުޅޭ މުސްލިމް އަޚުންނަށް މި 2 ޙަދީޘް ހަނދާންކޮށްލަދޭން ވަރަށް ބޮޑަށް ބޭނުންވެއެވެ.
ރަނގަޅު ރަހްމަތްތެރިން ތިބާގެ ދީނުގައި ތިބާ މަތިވެރިކުރާނެއެވެ. ނުބައި އެކުވެރިން ތިބާ ދަމައި ތިރިކުރާނެއެވެ. ޚާއްޞަކޮށް އަލަށް އިސްލާމްވާ މީހަކުނަމަ ދީނުގައި ތިބާ ސާބިތުކޮށްދޭނެ ރަނގަޅު މުސްލިމް އެކުވެރިންނާއިއެކު އުޅުމުގެ މުހިންމުކަން ވަރަށް ބޮޑަށް ފާހަގަކުރަމެވެ. މުސްލިމުންނަށްވެސް އޮތީ ހަމަ އެގޮތެވެ.
The Prophet tells us, “A man follows the religion of his friend; so each one should consider whom he makes his friend” [Sunan Abi Dawud 4833].
There’s also another famous narration of the Prophet where he analogizes a good friend to be like the one who sells musk, whilst the bad friend is like a blacksmith. The musk seller has a pleasant aroma and could benefit you in a multitude of ways, whereas the blacksmith is the total opposite [Sahih al-Bukhari 5534].
- ސަޢީދު ޢަލީ