ސޭލްއެޅުވީމާ ގިނަމުދައު ގަންނަން ތައްޔާރުވާ ފަދައިން ﷲ ތަޢާލާގެ "ޘަވާބް ސޭލް"އަށް ތިބާ އެބަ ތައްޔާރުވަމުހެއްޔެވެ؟: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ސޭލްއެޅުވީމާ ގިނަމުދައު ގަންނަން ތައްޔާރުވާ ފަދައިން ﷲ ތަޢާލާގެ "ޘަވާބް ސޭލް"އަށް ތިބާ އެބަ ތައްޔާރުވަމުހެއްޔެވެ؟: މުފްތީ މެންކް

ފިހާރަތަކުގައި ސޭލްއަޅުވާ ދުވަސްވަރު އެނގޭތީ އެސޭލަށް ތައްޔާރުވަމުއެވެ. ކުރިއާލައި ފައިސާ ޖަމާކުރަމުއެވެ. އެއީ މަދުފައިސާކޮޅަށް ގިނަ އަދަދެއްގެ އެއްޗެތި ގަންނަން ލިބޭތީއެވެ. 

ރަމަމާން މަހަކީ އެފަދަ ސޭލެކެވެ. އެހެނީ ކުރާ އަޅުކަމަށް ދެއްވަވާ ޘަވާބުގިނަކަމުންނެވެ. އެހެންމަސްތަކުގައި ކުރާއަޅުކަމަށްވުރެ މާގިނަ ޘަވާބު ދެއްވަވާތީއެވެ. އަދި ކީއްހެއްޔެވެ؟ ރޯދައަށް ޘަވާބު ދެއްވަވާވަރު އެންމެކުޑަމިނުން މަލާއިކަތުންނަށްވެސް ނުއަންގަވަތެވެ. ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. ރަމަޟާން މަހަކީ ސޭލެއްގެ ގޮތުގައި ސިފަމިކުރީ އެހެންވެގެންނެވެ. ކުރާ މަދު އަޅުކަމަށްވެސް ޘަވާބުދެއްވަވާލެއް ގިނަކަމުންނެވެ. 

އަދި ރަމަޟާން މަހަކީ ސޭލްގައި ޘަވާބު ދެއްވަވާ މައްސަރެއްގެ ގޮތުގައި ސިފަމިކުރަނީ ދުނިޔަވީ ތިލަބަހުރުވައިން މިސާލެއް ޖެހުމުގެ ގޮތުންނެވެ. ސޭލުންވެސް ތަކެތި ހިލެއަކު ނުލިބެއެވެ. ތަކެތި ލިބެނީ އަގެއް ދިނުމުންނެވެ. ރަމަޟާން މަހު ޘަވާބުވެސް ލިބޭނީ އަޅުކަންކުރުމުންނެވެ. ކުރާ އަޅުކަމަށް ދެއްވަވާ ޘަވާބު އެތައް ގުނައަކަށް އިތުރުކުރައްވަވައި ދެއްވަވަނީއެވެ. 

މީސްތަކުންނޭވެ! ބަރަކާތްތެރި ރަމަޟާން މަހަކީ އެތައް ގޮތަކުން ޚާއްޞަވެގެންވާ މަހެކެވެ. 1000 މައްސަރަށްވުރެވެސް ގިނަ ރޭ އަޅުކަންކުރިކަމުގެ ޘަވާބާއި ދަރުމަ ލިބެން އޮތް ލައިލަތުލްޤަދްރިވިލޭރޭ ވެސް ހިމެނިފައިވަނީ އެމައްސަރުގައެވެ. 

ރަމަމާން މަހުގައި މިހައި ގިނައިން ޘަވާބު ހޯދުމުގެ ފުރުޞަތު އޮތްއިރު އަޅާނުލައި ފަރުވާކުޑަކޮށްލައިގެން ތިބެން ހެޔޮނުވާނެ ނޫންހެއްޔެވެ؟ މިހާރުންސުރެ ސޭލަށް ތައްޔާރުވަމުން ގެންދާށެވެ! ވީހައިގިނައިން ޘަވާބުލިބިގަތުމަށް ޢަޒުމް ކަނޑައަޅައިގެން މަސައްކަތްކުރަމުން ގެންދާށެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން