ސުންނަތް އަޅުކަންކުރަން ފަށާފަ ހުޓާލެވޭނަމަ ހުއްޓާނުލައިވާނެ މަގު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ސުންނަތް އަޅުކަންކުރަން ފަށާފަ ހުޓާލެވޭނަމަ ހުއްޓާނުލައިވާނެ މަގު-

ބައެއް މީހުން އަޅުކަންކުރުމާއި ދުރުގައި ތިބެފައި ކުއްލިއަކަށް ވަރަށް ގިނަ އަޅުކަން ކުރަން އެއްފަހަރާ ފަށައެވެ. ކުޑަ ދުވަސްކޮޅެއްފަހުން އަނެއްކާވެސް އަޅުކަންކުރުމާ ދުރުހެލިވެއެވެ. މިގޮތަށް ކަންކަން މެދުވެރިވާ ސަބަބާއިމެދު ވިސްނައިލަމުހެއްޔެވެ؟ 

އަހުރެންނަށް ވިސްނޭގޮތުން އެވާގޮތަކީ ތައްޔާރު ނުވެވި މާގިނަ ކަންކަން ކުރަން އެއްފަހަރާ ފެށެނީއެވެ. ވީމާ މިސާލަކަށް ބުނާނަމަ ފުރަތަމަ ފަރުޟު 5 ނަމާދު އަދާކުރާށެވެ. ދެން ރަވާތިބު ސުންނަތްތައް ކުރަންފަށާށެވެ. އެއިގެފަހުން ރޭއަޅުކަމަށް ފަށާށެވެ. 

ރޭއަޅުކަމަށްފަށަންވެސް ފުރަތަމަ ވިތުރިގެ 3 ރަކްއަތްކުރަން ފަށާށެވެ. އެކަމަށް އާދަވުމުން ދަމުނަމާދުކުރަންފަށާށެވެ. ދަމުނަމާދުވެސް ފުރަތަމަ 2 ރަކްއަތުން ފަށާށެވެ. ފެށުމަށްފަހު 2 ރަކްއަތުން 2 ރަކްޢަތުން އިތުރުކުރަމުން ގެންދާށެވެ. 

ދެން ބުނެލަން ބޭނުމީ ޟުޙާ ނަމާދުގެ މުހިންމުކަން ބޮޑުކަމުގެ ވާހަކައެވެ. ހެނދުނު ކިތަންމެ ބުރަނަމަވެސް، ވަޒީފާއަދާކުރަމުންވެސް ޟުޙާ ނަމާދުގެ 2 ރަކްއަތް ނަމަވެސް ކުރާށެވެ. މަޑުމަޑުން، ވަގުތުވާ ވަރަކުން ރަކްއަތް އިތުރުކުރާށެވެ. 

ޙަދީޘްފުޅުގައި އޮތީ ތިމާއަށް ބުރައަކަށްވެ ނުކުރެވޭވަރަށް ސުންނަތް އަޅުކަންކުރާކަށް ނޫނެވެ. އެންމެ ލޮބުވެތިކަން ބޮޑުވެގެންވަނީ މަދުން ނަމަވެސް ޤަވާޢިދުން ކުރާ އަޅުކަން ކަމަށެވެ.

Prophet   where he said, “Take up good deeds only as much as you are able, for the best deeds are those done regularly even if they are few” [Sunan ibn Majah 4240]. 

There will be others who are progressing at a fast pace but our focus should be on achieving excellence in every act, no matter if it is big or small. A small act done sincerely and consistently can be a means of Paradise. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން