އާވޭރިއަންޓް ފެނުމެއް ނުހުއްޓުވޭނެ! ވަބާތައް ގިނަވެ ގިނަބައަކު މަރުވަމުން މިދަނީ ކީއްވެގެން ކަން އަޅުގަނޑުމެންނަށް އެނގޭތޯ ؟: ޝައިޚް ފަރީދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 51ސ
އާވޭރިއަންޓް ފެނުމެއް ނުހުއްޓުވޭނެ! ވަބާތައް ގިނަވެ ގިނަބައަކު މަރުވަމުން މިދަނީ ކީއްވެގެން ކަން އަޅުގަނޑުމެންނަށް އެނގޭތޯ ؟: ޝައިޚް ފަރީދު

ލޮބުވެތި އެންމެހާ ޢިއްޒަތްތެރި އަޚުންނާ އުޚުތުންނޭ! އަޅުގަނޑުމެންނަށް އެނގޭތޯ ވަބާތައް ގިނަވެގެން މިއުޅެނީ ކީއްވެގެން ކަން؟ މީހުން ގިނައިން މަރުވަނީ ކީއްވެގެންކަން؟ އިލްމުވެރިން ވިދާޅުވަނީ ޞައްޙަ އެކިއެކި ޙަދީޘްތަކުން ސާބިތުވާ ގޮތުގައި " ثُمَّ مُوْتَامٌ  " ދެން އޮންނާނީ ގިނަ ޢަދަދެއްގެ ބަޔަކު މަރުވުމޭ! އެއީ ވަބާއެއްކަމުގައި ވިއަސް ޤަތުލު ޢާއްމު ހިންގައިގެން ކަމުގައިވިއަސް، ނުވަތަ ޙާދިޘާތަކުގެ ތެރޭގައި ކަމުގައި ވިއަސް، ގިނަ ޢަދަދެއްގެ މީހުންތަކެއް މަރުވާނޭ ޒަމާނަކީ މިޒަމާން!  

އަޅުގަނޑުމެންނަށް މިހާރު އެބަފެނޭ ދިވެހިރާއްޖޭގަވެސް ވަރަށް ގިނަ ބަޔަކު މަރުވަމުންދާތަން!  އެކިއެކި ޙާދިޘާތައް ހިތާމަވެރި ޙާދިޘާތައް އެބަހިނގާ! ބައްލަވާ ލޯންޗުގާ ދާދި މިދާކަށް ދުވަހު އެހިނގި ޙާދިޘާ އަޅުގަނޑުމެން ވަރަށް ހިތާމަކުރަން. އަދި އެޙާދިޘާގައި ގެއްލުންވި އެންމެހާ ފަރާތްތަކަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ހެޔޮރަޙްމަތް ލެއްވުމަށްއެދި އަޅުގަނޑުމެން ދުޢާކުރަމު. އެޙާދިޘާގައި ނިޔާވި އަންހެން ކަމަނާއާއި އަދި ދަރިފުޅާ މިފަދަ އެންމެހައި ފަރާތްތަކަށް ސުވަރުގޭގެ މަތިވެރި ދާއިމީ ނިޢުމަތް ދެއްވެވުމަށްއެދި އަޅުގަނޑުމެން ދުޢާކުރަން.   

އަޅުގަނޑުމެންނަށް ވަބާތަކާއި އެއްޗެތި ތައް ކުރިމަތި ވާންޖެހޭނެ ސަބަބެއް އެބައާދޭ.  އާދެ! މިއުންމަތުގެ ގިނަބަޔަކު މަރުވެގެން ދާނީ " الطّْعْنْ وَالطَّاعُون " ވަޅި ހަރައިގެންނާ މާނައަކީ މީހުން މަރައިގެންނާއި، އަދި ޠާޢޫން ބަލިފަދަ އެކިއެކި ވަބާތަކުގެ ސަބަބުން ކަމުގާ ރަސޫލުﷲ އަންގަވާފައިވޭ. މީހުން މަރާލަނީ އެއްވެސް ފިކުރެއްނެތި ހަމަ ވަޅިހަރާ އެތަންމިތަނަށް ވަޅިހަރާ އަދި އެންމެފަހުން އޭނަގެ ޖަނާޒާއަށްވެސް އޭނަގޮއްސާނޭ ޤާތިލް ކަލޭގެ ނުވާކަމަކަށް ހެދިގެން. ނުކުރާ ކުށަކަށް ހެދިގެން. އޭނަގޮސް ހަމަ އެހެންމީހުންނެކޭ އެއްގޮތަށް ހުރެފާނެ. 

އެހެންނަމަވެސް އެގެއްލިގެން އެދިޔައީ އަގުހުރި ފުރާނައެއް. އެންމެ ފުރާނައެއް ޤަތުލުކޮށްފި ނަމަވެސް މުޅި ދުނިޔޭގަތިބި ހަތްބިލިއަން އަށްބިލިއަންމީހުން ޤަތުލުކުރިފަދަ. ޤުރްއާނުގަ އަންގަވާފައެވަނީ އެންމެމީހަކު މަރާލިކަމުގާވިއަސް އެންމެން މަރާލިފަދައޭ އެހެންނަމަވެސް އެންމެމީހަކު ދިރުވައިފިނަމަ މުޅި އެންމެން ދިރުވައިފި ފަދައޭ. ކިތައް ބިލިއަންތޯ ދުނިޔޭގަ މިއުޅެނީ؟  ހަތްބިލިއަން އަށްބިލިއަންތޯ؟ މިއެންމެން ދިރިއުޅެން ދިރުވައިފި ބަޔަކު ދިރުވައިފިފަދަ އެންމެ މީހަކު ދިރުވިކަމުގައިވިޔަސް، ވީއިރު އަޅުގަނޑުމެން މިފަދަ ކަންކަމާމެދު ވިސްނަންވީ ފިކުރުކުރަންވީ

އާދެ! އަޅުގަނޑުމެންނަށް މިކަންތައްތައް ކުރިމަތި ވަނީ ކީއްވެގެންތޯ؟ ވަބާތަކާ މިކަންތައްތައް ކުރިމަތިވެގެންދަނީ ޝައްކެއްނެތް ގޮތުގާ ފާޙިޝް ޢަމަލުތަކުގެ ސަބަބުން. " لَمْ تَظْهَرِ الفَاحِشَةُ فِي قَوْمِ خَطُّ إلاّ ضَهَرَ فِىهمُ الطَّاعُوْن وَلْأَوْجَاءُ  الَّتِى لَمْ تَكُنْ مَضَتْ فِى أسْلاَفِهِم الَّذِيْنَ نَظَر" އެއްވެސް ރަށެއްގާ ފާޙިޝް ކަންތައްތައް " حَتّى يُعْلِنُوْا بِهَا " ވާހަކަޔަކީ ވަރަށްބޮޑު ވަރަށް މަތީ ދަރަޖައަކަށް އިޢްލާން ވެގެންދާ މިންވަރަށް ފެތުރިގެންދާ މިންވަރަށް އެންމެންނަށް އެނގޭގޮތުގާ ގިނަޢަދަދެއްގެ ބަޔަކު ފާޙިޝް ޢަމަލުތައް ހިންގައިފިކަމަށްވާނަމަ މިގޮތަށް މިކަން ހިގައިފިއްޔާ އެބައެއްގެ ތެރޭގައި ޠޯޢޫނު ބައްޔާއި އަދި އެބައި މީހުންގެ ތެރެއިން ކުރީގެމީހުންގެތެރޭގައި ނެތް އެތައް ބައިވަރު ބައްޔެއް ނުޖެހި ނުދާނެ ކަމަށް ރަސޫލުﷲ މިއަންގަވަނީ. 

އެހެންވީމާ އަޅުގަނޑުމެންނަށް މިޒަމާންތަކުގާ މާދުރުނޫން ޒަމާނެއްނޫން މީގެ ގާތްގަޑަކަށް ވޭތުވެދިޔަ ތިރީހަކަށް، ސާޅީހަކަށް އަހަރުދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް ފެނިއްޖެ ބައިވަރު އާވަބާތައް ކުރިން ދުނިޔޭގަ ނެތް،  ކުރިން ދުނިޔޭގަ ހުރި ބަލިތައް ޠާޢޫނު ބަލި، ކޮލެރާބަލި، ޖުޒާމްބަލި، މިކަހަލަ މުސްކުޅި ބަލިތައް އެބަހުރި. އެހެން ނަމަވެސް އާބަލިތައް އަޅުގަނޑުމެންގެ ތެރެޔަށް ތަޢާރަފް ވެއްޖެ. ބައްލަވާ އެއިޑްސް ބަލި، ޗިކަންގުންޔާ، ސާސްކޯފް، އެއީ ބައިސްކޯފެއްނޫން (ސާސްކޯފް)، ކޮވިޑް، ކޮރޯނާވައިރަސް، ހަމައެހެންމެ އޫރުރޯގާ، ދޫނިރޯގާ، ގެރިމޮޔަވުމުގެ ވަބާ، ސުބްޙާނަﷲ ކިތައްވަބާ ވެއްޖެތޯ  

މިހާރު އަޅުގަނޑުމެން މިހާރުވެސްމި އުޅެމުންމިދަނީ ދުވަހަކަށްފަހު ދުވަހަށް އާވޭރިއަންޓެއް ނުކުންނާނެ. އިހަކަށްދުވަހު ނިކުތީ ޑެލްޓާވޭރިއަންޓް، މިހާރު އަނެއްކާ އެމިކުތީ އޮމިކްރޯން ވޭރިއަންޓް، އަނެއްކާ މީގެ މަހެއް ދެމަހެއްހާ ދުވަސްފަހުން، ނޫނީ ހައެއްކަމަސްފަހުން ނުކުމެދާނެ އަނެއްކާ އެހެންނަމެއްކިޔާފަ ވޭރިއަންޓެއް. މިވޭރިއަންޓްތައް ނިކުންނަމުން ފާޅުވަމުން ވަބާތައް ދުނިޔެތެރޭގާ ފެތުރެމުންމިދަނީ ގިނަޢަދަދެއްގެމީހުން މަރުވާން އެއުޅެނީ ވަބާތައް ޖެހުނީމާ ވަބާތަކުގެ ތެރޭގައި ގިނަޢަދަދެއްގެ ބަޔަކު މަރުވާނެ އާދެ މީގެ ސިއްރަކީ މިވަބާގެ ސިއްރަކީ ފާޙިޝް ޢަމަލުތައް ގިނަވުން. ފާޙިޝް ޢަމަލުތައް ގިނަވެއްޖެކަމުގައިވާނަމަ ވަބާ ގިނަވާނެ. ވަބާ ގިނަވެގެން މިއުޅެނީ މުޅިދުނިޔެ ފާޙިޝް ޢަމަލު ތަކުގެ ތެރެޔަށް ގޮސްފަވާތީ.

- ޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން