މަންމަ ކައްވަޅުގައި އޮންނައިރު މަންމަގެ އެކައުންޓަށް ހެޔޮ ޢަމަލުތައް ޓްރާސްފަރ ކޮށްލައިދީގެން ބައިވަރު ޘަވާބު އިތުރުކޮށްލައިދެވެން އެބައޮތެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 27ސ
މަންމަ ކައްވަޅުގައި އޮންނައިރު މަންމަގެ އެކައުންޓަށް ހެޔޮ ޢަމަލުތައް ޓްރާސްފަރ ކޮށްލައިދީގެން ބައިވަރު ޘަވާބު އިތުރުކޮށްލައިދެވެން އެބައޮތެވެ!

ކޮންމެ މީހަކުވެސް މަރުވެ ވަޅުލެވުމުން އެމީހަކު ކުރި ޢަމަލުތައް އެމީހަކާއިއެކު ކައްވަޅުގައިވާނެއެވެ. ނުބައި ޢަމަލުތައް ކުރި މީހުންގެ ޢަމަލުތައް އެމީހުންނާއިއެކުގައިވާނީ ބިރުވެރި ހަޑިމުޑުދާރު ސިފައެއްގައެވެ. ހެޔޮޢަމަލުތައްކުރިމީހުންގެ ޢަމަލުތައް އެމީހުންނާއިއެކުގައިވާނީ ވަރަށް ރިވެތި މާތްސިފައެއްގައެވެ. ފެނުމުންވެސް އުފާވެރިކަން ލިބޭނެ ސިފައެއްގައެވެ. 

ވީމާ މިރޭ ބަހެއް ބުނެލަން މިއުޅެނީ މަންމަ ނުވަތަ ބައްޕަ ކައްވަޅުގައި އޮއްވައި އެމީހުންނާއިއެކު މަރުވުމުން ކައްވަޅަށް ގެންދެވުނު ހެޔޮ ޢަމަލުކޮޅު އެމީހުން ކައްވަޅުގައި ތިއްބައިވެސް އިތުރުކޮށްލައިދެވޭނެ މަގެކެވެ. ޓްރާންސްފަރކޮށްލެވޭނެ ގޮތެވެ. މިއީ މާބޮޑަށް ވިސްނަންޖެހޭ ކަމެއް ނޫނެވެ. ދުނިޔޭގެ ކޮންމެ ޤައުމެއްގައި ހުންނަ މީހަކަށްވެސް ވަޤުތުން ފައިސާވެސް ފޮނުވައިލެވެނީ ނޫންހެއްޔެވެ؟ 

ތިމާއަށް އެންމެ ޙަލާލް މުދަލުގެ ތެރޭގައި މައިންބަފައިންގެ ކިބައިން ވާރުތަވާ މުދައު ހިމެނެއެވެ. އެމުދައު ޙަލާލު ގޮތުގައި މިބަހީ ޝަރީޢަތުން ނިމި ތިބާގެ ބައި ތިބާއަށް ލިބުމުން ތިބާ ބޭނުންކަމަކަށް ހަމަޚަރަދުކުރަންވީއެވެ. އެހެން ނަމަވެސް އެކަމުގައި ވިސްނާލަން ޖެހޭނެ ކަންތައްތަކެއް އެބަހުއްޓެވެ. 

ފުރަތަމައީ އެމުދައު ތިބާއަށް ލިބެން މެދުވެރިވި ފަރާތް، ނުވަތަ އެފަރާތަކުން ތިބާއަށް ވާރުތަވި ފަރާތް އެދޭނޭ މަގުތަކުން ޚަރަދުކުރުމެވެ. މިސާލަކަށް ބައްޕަގެ މުދައު ލިބުމުން އެފައިސާއިން ﷲ ތަޢާލާ ޙަރާމްކުރެއްވެވި ކަންކަންކުރުމަކަށް ބައްޕަ ނުއެދޭނެއެވެ. އިތުރު ތަފްޞީލަށް ބަލާނަމަ، އެފައިސާ ބޭނުންކޮށްގެން ފާހިޝް އަމަލުތައް ކުރުމާއި މަސްތުވާތަކެތި ބޭނުންކުރުމާއި މިފަދަ ދީނުގައި ޙަރާމް ކަންކަމަށް ޚަރަދުކުރަން ބައްޕަ ބޭނުމެއް ނުވާނެއެވެ. 

ދެން އޮތީ މަރުވުމަށްފަހު ބައްޕައަށް ކުރާ ޚަރަދުތަކެވެ. ބައެއް މީހުން މުޤްބަރާހަދައި އެތަނަށް ޒިޔާރަތެއްގެ ދަރަޖަދީގެން ބަލަހައްޓަން އެބަ ޚަރަދުތައް ކުރެއެވެ. މީސްމީހުން ލައްވައި އެބަ ކިޔެވެލި ކިޔުއްވައެވެ. ތެދެއް ބުނަން ހެއްޔެވެ؟ މިފަދަ އެއްވެސް ކަމެއް ކުރަން ބައްޕަ ބޭނުމެއް ނުވާނެއެވެ. އެހެނީ އެފަދަ އެއްވެސް ކަމަކުން ބައްޕައަށް އެއްވެސް ފައިދާއެއް ނުކުރާނެތީއެވެ. 

ބައްޕަ ބޭނުންވާނީ އާޚިރަތް ދުވަހުން ބައްޕައަށް ފައިދާކުރާނެ ކަންކަން ކުރުމެވެ. މިސާލަކަށް ޞަދަޤާތްކުރުން، ޔަތީމުންނާއި ފަޤީރުންނާއި ހުވަފަތް އަނހެނުން ފަދަ އެހީތެރިކަމަށް ބޭނުންވެގެން ތިބޭ މީޙުންނަށް އެހީތެރިވުން، އިސްލާމް ދީން ކުރިއަރުވަން މަސައްކަތްކުރާ ބައަކަށް ފަންޑުކުރުން، މިސްކިތް އެޅުން ފަދަ އެކަމަކުން ބައްޕައަށް ޘަވާބު ދެއްވަވާނެ ކަންކަން ކުރުމެވެ.   

މައިންބަފައިން މަރުވުމުން އެމީހުންނަށްޓަކައި ކުރެވޭ ޙެޔޮޢަމަލުތައް ދާނީ އެމީހުންގެ ފޮތަށް ޖަމާވަމުންނެވެ. އަދި ކީއްހެއްޔެވެ؟ ކައްވަޅުގައި (މިސާލަކަށް) ބައްޕައާއިއެކުގައިވާ ބައްޕަކުރި ހެޔޮ ޢަމަލުތަކުގެ ތެރެއަށް ތިބާ ބައްޕައަށްޓަކައި ކޮށްދޭ ޢަމަލުތައް ދާނީ އެކުވެ އިތުރުވަމުންނެވެ.

ވީމާ މައިންބަފައިންނަށްޓަކައި އެމީޙުންގެ މުދަލުން ހޭދަކުރާށެވެ! އެއިރުން އެކަމުގެ މައިންބަފައިންގެ އިތުރުން ތިބާއަށްވެސް ދާނީ ލިބެމުންނެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން