ކަމެއްވާއިރަށް ވަރި އާ އަޅުވައި ބަސް ބުނުމަކީ ވަރަށް ނިކަމެތި ފިރިހެނުން ކުރާ ކަމެއް!: ޝައިޚް ނިމާލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ކަމެއްވާއިރަށް ވަރި އާ އަޅުވައި ބަސް ބުނުމަކީ ވަރަށް ނިކަމެތި ފިރިހެނުން ކުރާ ކަމެއް!: ޝައިޚް ނިމާލް

ކަމެއް ދިމާވާއިރަށް ވަރި އާއި އަޅުވައިގެން ބަސް ބުނުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. އެއީ ވަރަށް ދަށު ދަރަޖައިގެ، ވަރަށް ނިކަމެތި ފިރިހެނުން ކުރާ ކަމެކެވެ.

ބައެއް ފަހަރު އަނބިމީހާ ސޯޝަލް މީޑިއާ ބޭނުން ކުރުން ފަދަ ވަރަށް އާދައިގެ ކަންކަމާއި އަޅުވައިގެންވެސް ވަރީގެ ބަސް އެބަ ބުނެއެވެ. އެގޮތަށް ބުނެވޭ ބަހަކުން ވަރިވެދާނެ އެވެ. އެހެންކަމުން ވަރީގެ ބަސްބުނުމަކީ ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ ކަމެކެވެ.

މިފަދަ ބަހެއް ބުނެވުނު ނަމަވެސް ވަރިވިކަން އަމިއްލައަށް ނިންމައިގެން ނުވާނެ އެވެ. އެކަން ނިންމަން ޖެހޭނީ ކޯޓަށް ހުށަހަޅައި ކޯޓުން ނިންމާ ގޮތެއްގެމަތީންނެވެ. ހަމައެއާއިއެކު ޝައްކު އުފެދޭ ފަދަ ކަމެއް މެދުވެރިވެއްޖެނަމަ ކޯޓަށް ހުށަހަޅައި ޝައްކު ފިލުވުމަށް އަވަސްވެގަންނަން ޖެހޭނެ އެވެ.

"ކަމެއް ދިމާވާއިރަށް އެމީހެއްގެ ދުލުގަ އޮންނަ ބަހަކީ އަނބިމީހާ ވަރިކުރުން، ޢާއިލާ ރޫޅުން ކަމަށް ހަދައިގެން ނުވާނެ. ﷲ ތަޢާލާ އެމީހެއްގެ ކިބައިގައި ފިރިހެންކަން ލައްވަވާފައިވާ މީހަކު ހަމަ ކަމެއް ދިމާވާއިރަށް އަނބިމީހާ އެވެނި މިވެނި ކަމެއް ކޮށްފިނަމަ ވަރިވާނެ ކަމަށް ބުނެގެން ނުވާނެ. ޙަޤީޤީ ފިރިހެނުން އެބާވަތުގެ ވާހަކައެއް ނުދައްކާނެ."

- ޝައިޚް ނިމާލް މުޙައްމަދު ގެ ދަރުސަކުން

މިއަދު އޮންލައިން