މީސްތަކުންނަށް މިއަދު މާފުކުރަން އެންމެ އުނދަގޫ އެއްކަމަކަސްވެފައި އޮންނަނީ ތިބާ އާއިމެދު ޣީބަބުނެ މަލާމާތާއި ފުރައްސާރަކޮށް ދެބައުޑުވާ މީހުންނަށް މާފުކުރުމެވެ. އެއީ އާދައިގެ ޢާންމު ވިސްނުމަކުން ވިސްނާތީއެވެ. މާފުކުރުމުން ޤިޔާމަތް ދުވަހު ދެއްވަވާނެ ޘަވާބާއިމެދު ވިސްނައިނުލެވޭތީއެވެ.
ޝައްކެއްވެސް ނެތްގޮތުގައި މީސްތަކުންނަށް މާފުކުރުމަކުން މީހާއަށް އުނިވާނެ، އަދި ދެރަވާނެ އެއްވެސް ކަމެއްނާއްނާނެއެވެ. އަދި ކިއެއްތަ އޭގެ ބަދަލުގައި އެކަމުން ހެޔޮވެގެންވާ ދަރުމަ ލިބިދެއެވެ.
ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަގެ ޞަޙާބީ ބޭކަލުންނަށް މިކަން އެނގިވަޑައިގަތުމުން އެދަރުމަޔާއި ޘަވާބު ހޯއްދެވުމުގައި ކުރިއަރާ ވަޑައިގަތެވެ. އަދި އެބޭކަލުން ވެވަޑައިގަތީ މާފުކުރުމާއި ޞުލްހަވުމުގައި މުޅި އިސްލާމީ އުންމަތަށް، ނަމޫނާ ދެއްކެވި ބޭކަލުން ތަކަކަށެވެ.
ތިބާއާމެދު އަނިޔާވެރިވެ ހުތުރު ވާހަކަ ދައްކާ މީހުންނަށް ދީލަތި މަޢާފުކުރުމަކުން، މަޢާފު ކުރަމާ ހިންގަވާށެވެ. އެއީ ﷲ ތަޢާލާ އަޅަމެންގެ ފާފަތަށް ފުއްސަވައި ދެއްވުމަށްޓަކައެވެ. މިހިނދުން ފެށިގެން އެކަމައިގެން މަސައްކަތް ކުރަން ފައްޓަވާށެވެ. އެހެންނޫނީ ލަސްވެ، އާޚިރުގައި އުފުލަން ޖެހޭ ބުރަ ބޮޑުވެދާނެއެވެ. ﷲ ތަޢާލާ އަޅަމެންނަށް އެއިލާހު ރުއްސަވާ މަގުގައި ހުރިހާ ޢަމަލުތަކެއް ކުރުމުގެ ތައުފީޤު ދެއްވާށި! އާމީން.
- އައްޝައިޚް އަޙްމަދު ޚާލިދު
(ޣީބަ ބުނުމާ އެކަމުގެ ނުބައިކަމާއަދި ޣީބަ ބުނުމަކީ ކޮބައިކަން ބަޔާންކޮށްދީ މިއަދުނޫހުގައި ސިލްސިލާއެއް ކުރިއަށް މިގެންދިއައީ ވަރަށް ބޮޑު ބޭނުމެއްގައެވެ. އެއީ ޣީބަބުނުމަކީ ކިހާވަރެއްގެ ނުބައިކަމެއްކަން ގިނަބައަކަސް ނުއެނގޭއިރު ޣީބަބުނެވޭއިރު ބުނެވޭކަންވެސް ގިނަބައަކަށް ނުއެނގޭތީއެވެ. ރޯދަކުރުކުރަން ކުރާކަމެއްގެގޮތުންވެސް ޣީބަބުނެވި ރޯދަ ގެއްލިގެްދާ ހިށާބަސް ކަންކަންދާތީއެވެ. ސިލްސިލާ ވިދާޅުވި ކިޔުންތެރިންނަށް އެކަމުގެ ފައިޑާކުރާނެއެވެ. އިން ޝާ ﷲ. ދުޢާއަކީ ރަމަޟާން މަހަށް ފުރިހަަމގޮތުގައި ތައްޔާރުވުމުގެ ތައުފީޤް ދެއްވެވުމެވެ.)
- މިއަދުނޫސް