އަނބިންނާ އެކުގައި ކުޅެ ހީ ސަމާސާކޮށް ހެދުމަށް އެކަލޭގެފާނުގެ ޞަޙާބީންނަށް ހިތްވަރުދެއްވައި އިރުޝާދުވެސް ދެއްވެވި!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 38ސ
އަނބިންނާ އެކުގައި ކުޅެ ހީ ސަމާސާކޮށް ހެދުމަށް އެކަލޭގެފާނުގެ ޞަޙާބީންނަށް ހިތްވަރުދެއްވައި އިރުޝާދުވެސް ދެއްވެވި!

ފަހެ، ޖާބިރު رضي الله عنه އަށް ޙަދީޘްފުޅު ކުރެއްވިއެވެ: "هلاّ جارية تلاعبها وتلاعبكَ، أو تضحكها وتضاحكك". البخاري 2097، المسلم715. 

"އޭރުން ކަލޭގެފާނު އޭނާ އާއެކު ކުޅެ އަދި އޭނާ ކަލޭގެފާނާ އެކު ކުޅެ، ނުވަތަ ކަލޭގެފާނު އޭނާ އާއެކު ހީ އަދި އޭނާ ކަލޭގެފާނާ އެކު ހީ ހެދޭނެ ނޫންތޯއެވެ".

ފަހެ އަނބިމީހާ އާއެކު މަޖާކޮށް ކުޅެ ހީ ސިމާސާ ކުރުމަކީ ހިތަށް ފިނިކަން ގެނުވައި ގޭތެރޭގައި އުފާވެރިކަން އާލާކޮށްދީ، ދެމަފިރިންގެ ގުޅުން ހަރުދަނާކޮށްދީ ބާރު ގަދަކޮށްދީ، ލޯތްބާއި ކުލުނާއި ގާތްކަން އުފައްދައިދޭނެ ކަންކަމެވެ. އޭގެ ސަބަބުން ދެމަފިރިންގެ ދެމެދުގައި ޖެހިފައި ހުންނަ މައްސަލަތަކާއި ކުރަކި ކަމާއި ދުރުކަން ފިލުވާލަދޭނެއެވެ. އެކަންކަން މަތިން ހަނދާން ނައްތާލަދޭނެއެވެ.

ފަހެ ނަބިއްޔާ صلى الله عليه وسلم ގެ މިފަދަ ސީރަތުން ޞަޙާބީން ފިލާވަޅު ލިބިގެންނެވިއެވެ. އަދި އެއާ އެއްގޮތަށް ޢަމަލު ކުރެއްވުމަށް ބުރަ މަސައްކަތް ކުރައްވިއެވެ. އެގޮތުން އެކަލޭގެފާނުގެ މާތް ޞަޙާބީ ޒައިދު ބުނު ޘާބިތު رضي الله عنه އާ ބެހޭގޮތުން ޘާބިތު ބުނު ޢުބައިދު ވިދާޅުވިއެވެ: "ގޭތެރޭގައި އެންމެ ސަމާސާ ކުރައްވާ ބޭކަލުންގެ ތެރެއިން ޒައިބު ބުނު ޘާބިތު رضي الله عنه ވިއެވެ. އަދި އެކަލޭގެފާނު ގެއިން ބޭރަށް ނިކުމެވަޑައިގެންވި ކަމުގައި ވާނަމަ، ފިރިހެނުންގެ ތެރެއިން ފިރިހެނެއް ކަމުގައި ވެވަޑައިގެންނެވިއެވެ". شرح السنة للبغوي 13-183.

ނުނިމޭ

 

- ޝައިޚް ޒަމްޒަމް ފާރިޝް

 

 

 

މިއަދު އޮންލައިން