ފުރަތަމަ ބަލައިލަންވީ ނަމާދުކުރަންވީ ކީއްވެގެންތޯ ޢާއި ކޮން ގޮތަކަށްތޯއެވެ. ޖަވާބު މިއޮތީއެވެ.
"--ހަމަކަށަވަރުން، ނަމާދަކީ މުއްމިންތަކުންގެ މައްޗަށް ވަޤުތު ކަނޑައެޅިގެންއޮތް ފަރުޟެއް ކަމުގައި ވެއެވެ." (އައްނިސާ: 104)
ވީމާ ނަމާދަކީ ފަރުޟެއްކަމާއި އެނަމާދެއް އެނަމާދުގެ ވަގުތުގައި ކުރަންޖެހޭކަން މިއޮތީ އެނގޭށެވެ.
ދެން މިބަޔާންކުރަނީ ނަމާދުނުކުރީމާ ވާނެ ގޮތެވެ!
"ތިޔަބައިމީހުން ނަރަކަޔަށް ވެއްދީ ކޮންކަމެއް ހެއްޔެވެ؟"
"އެއުރެން ބުނާނެތެވެ. ނަމާދުކުރާ މީހުންގެ ތެރެޔަކު ތިމަންމެން ނުވަމުއެވެ."
(އަލްމުއްދަޘިރު: 42،43)
ދެން ބަލައިލަންވީ މިޙަދީޘްފުޅަށެވެ!
The Prophet (peace and blessings of Allah be upon him) said: “The covenant that stands between us and them is prayer; whoever gives up prayer is a kafir (disbeliever).”
Narrated by al-Tirmidhi, 2621; al-Nasai, 431; Ibn Majah, 1079. Classed as saheeh (authentic) by al-Albani in Saheeh al-Tirmidhi, 2113. And there are other verses and ahadeeth (narrations) which speak of giving up the prayer, and the Prophet (peace and blessings of Allah be upon him) described it as kufr (disbelief).
އެނގިގެން މިދަނީ ނަމާދުނުކުރާ މީހުންނަކީ ކާފިރުން ކަމެވެ. މީސްތަކުންނާއި ކާފިރުކަމާއި ދެމެދުގައިވަނީ ނަމާދުނުކުރުން ކަމެވެ.
މިހައި ފަސޭހައިން އެނގެން ކަމެއްގައި ފާޑުފާޑުގެ ބަހަނާތައް ދެއްކުމެވެ. މުސްލިމެއްގެ ގޮތުގައި ހުންނަން ބޭނުންނަމަ ނަމާދު ޤާއިމުކުރާށެވެ! އެއީ 5 ވަގުތު، 5 ނަމާދު، ކޮންމެ ނަމާދެއްވެސް (ޞައްޙަ ޢުޛުރުއް ނެތްނަމަ) އެނަމާދުގެ ވަޤުތުގައި ކުރަމުން ގެންދިއުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން