އެންމެ ބޮޑެތި ފާފަތައްކުރި ގިނަ ބައަކު ﷲ އާ ކުއްތަންވެ ސުވަރުގޭގެ މަތީ ދަރަޖަތައް ހޯދައިފި! ކުދިކުދި ފާފަކުރެވުނު މީހުން ނަރަކައަށް ވަދެއްޖެ! މިވަނީ ކިހިނެއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
އެންމެ ބޮޑެތި ފާފަތައްކުރި ގިނަ ބައަކު ﷲ އާ ކުއްތަންވެ ސުވަރުގޭގެ މަތީ ދަރަޖަތައް ހޯދައިފި! ކުދިކުދި ފާފަކުރެވުނު މީހުން ނަރަކައަށް ވަދެއްޖެ! މިވަނީ ކިހިނެއް؟

މީސްތަކުންނޭވެ! ﷲ ތަޢާލާ އެންމެ މާތްކުރައްވަވައި އެންމެ މަތިވެރި ކުރެއްވެވި އަހަރެމެންގެ ލޮބުވެތިނަބިއްޔާ މުޙައްމަދު ފިޔަވައި އެއްވެސް ކުށެއް ނުކުރެވޭ ހަމަ އެންމެ އިންސާނަކުވެސް ނުހުންނާނެއެވެ. އާދަމްގެފާނުންސުރެ ދުނިޔެ ނިމެންދެންވެސް އެކަން ދެމިއޮންނާނީ އެގޮތުގައެވެ.

ވިސްނާލަންވީ ހަމަ އެންމެ ކަމަށެވެ! މާބޮޑެތި ފާފަތައް ކުރެވުނު އެތައް ބައަކު ތައުބާވެ ﷲ ތަޢާލާ އާއި ކުއްތަންވެއްޖެއެވެ. ސުވަރުގޭގެ އެންމެމަތީ ދަރަޖަތައް ޙާޞިލްކޮށްފިއެވެ. ކުދިކުދި ފާފަތައް ކުރެވުނު ގިނަބައަކު މަގުފުރެދި އަވަދިވެއްޖެއެވެ. ސުވަރުގެ ދޫކޮށް ނަރަކަވަންތަވެރިންކަމުގައި ވެއްޖެއެވެ. އެކަން އެހެން އެވީ ކިހިނަކުން ހެއްޔެވެ؟ މިތަފާތު މިއައީ ކީއްވެގެން ހެއްޔެވެ؟ ހަމައެންމެ ކަމަކުންނެވެ. އެއީ ފާފަކުރެވުމުން ތައުބާނުވީތީއެވެ. ބޮޑާވެ ކިބުރުވެރިވީތީއެވެ.

އެންމެ ބޮޑު ފާފައެއް ކުރެއްވެވުނީ އާދަމްގެފާނަށެވެ. އެހެނީ އެކަމެއް ނުކުރެއްވުމަށް އެއްވެސް މެދުވެރިއެއް ނެތި ޚުދު ﷲ ތަޢާލާ އެންގެވުމުން އެކަންކުރެއްވެވުނީތީއެވެ. އެހެނަސް ތައުބާވެވަޑައިގަތުމުން އެންމެ ބޮޑު ރަޙްމަތެއް ލެއްވެވުނީވެސް އާދަމްގެފާނަށެވެ. އެއީ ސުވަރުގެއިން ބޭރުކުރެއްވެވުމަށްފަހު އަލުން ދަރަޖަ މަތިވެރިކުރައްވަވައި ސުވަރުގެ ވެއްދެވުމެވެ.

އެނގިގެން މިދަނީ ހަމަ އެންމެ ކަމެކެވެ. އެއީ އިޚްލާޞްތެރިކަމާއިއެކު ތައުބާވުމުގެ ހުރި މަތިވެރިކަމެވެ. އިޚްލާޞްތެރިކަމާއިއެކު ތައުބާވެ އެގޮތުގައި ދެމިހުރެއްޖެނަމަ އެމީހެއްގެ ދަރަޖަ މަތިވެރިކުރައްވަވާނެ ކަމެވެ. ޖުރިން ކުރެވުނު ފާފައިގެ އެއްވެސް އަސަރެއްވެސް އެމީހަކާއިއެކުގައި ނުވާނެ ކަމެވެ. ވީމާ ފުރިހަމަ، އިޚްލާޞްތެރި ތައުބާއަކުން ތައުބާވުމަސް އަވަސްވެގަންނާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން