މަރުން ދިފާޢުވެވޭނެ ވެކްސިނެއް ނެތް! އޮތީ ބިރުވެތިވެ މަރަށް ތައްޔާރުވެގެން ހުރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
މަރުން ދިފާޢުވެވޭނެ ވެކްސިނެއް ނެތް! އޮތީ ބިރުވެތިވެ މަރަށް ތައްޔާރުވެގެން ހުރުން!

އަހަރެން ހަމަ އެންމެ ސުވާލެއް ކޮށްލާނަމެވެ. ކޮވިޑާއި އެހެންވެސް ބޮޑެތި ބަލިތައް ދުރުގައި ބާއްވާށެވެ. އަހަރެންނާއި މިތަނުގައި މިތިބަ އެންމެންނަށްވުރެ އުމުރުން ހަގު ކިތައް މީހުން މިހާރު ހިތްހުއްޓިގެން (ހާޓްއެޓޭކެއް ޖެހިގެން) މަރުވެއްޖެ ހެއްޔެވެ؟ ތިމާ މިހުރީ މިވަގުތުވެސް މަރުވުމަށް ތައްޔާރުވެގެން ހެއްޔެވެ؟

ހިތާމައަކީ އެންމެންނަށް ބުނަން ޖެހޭނީ ތިމާއަށް މިހރެވެނީ ތައްޔާރުވެގެން ނޫންކަމަށް ކަމުގައިވާކަމެވެ. ވީމާ މިއީ ވިސްނާލުން ވަރަށް މުހިންމު ނުކުތާއެކެވެ.

ދެން އޮތީ ރަމަޟާންމަހު ގިނައިން އަޅުކަންކުރަން ތައްޔާރުވެގެން ހުރުމެވެ. އަނެއްކާވެސް ކުރަން މިޖެހެނީ ސުވާލެކެވެ. މިތަނުގައި މިތިބަ މީހުންގެތެރެއިން ރަމަޟާންމަހާއި އެމީހަކާއި ބައްދަލުވާނެ ކަމުގެ ޔަޤީންކަން އޮތީ ކާކަށް ހެއްޔެވެ؟ ހަމައެކަކުވެސް ނުހުންނާނެއެވެ. ވީއިރު ރަމަޟާން މަސް އައުމުން ގިނަ އަޅުކަންކުރަން މާދުކށްގެން ފުދޭނީ ކޮންގޮތަކުން ހެއްޔެވެ؟

މީސްތަކުންނޭވެ! ތައުބާވެ ހެޔޮ ޢަމަލުތައްކުރަން ފަށަން ބުނުމުން އުމުރުގައި އަދި ވަގުތު އެބައޮތްކަމަށް ބަލައި މަޑުޖައްސާލައިގެން ތިބޭ ގިނަބައަކަށް ދުނިޔެ ދޫކުރަންޖެހެނީ ތައުބާ ނުވެވިގެން އުޅެނިކޮށެވެ. މަރަށް ތައްޔާރު ނުވެވި ހުއްޓައެވެ. ވީމާ ކިތަންމެ ދިގުކޮށްވެސް އަދި ކުރުކޮށްވެސް ބުނަން އޮތް ވާހަކައަކީ ރަމަޟާން މަސް އައުމުން ތައުބާވެ ހެޔޮ ޢަމަލުތައް ކުރަން ފަށަން މަޑުނުކުރާށެވެ! ހަމަ މިވަގުތުން ފެށިގެން އެކަމަށް އަވަސްވެގަންނާށެވެ!

މީސްތަކުންނޭވެ! މަރުން ސަލާމަތްވެވޭނެ އެއްވެސް ވެކްސިނެއް ނެތެވެ! ނުވެސް އުފެއްދޭނެއެވެ. އޮތީ ހަމައެކަނި މަރަށް ތައްޔާރުވެގެންހުރުމެވެ. އާޚިރަތް ކާމިޔާބުކުރަން މަސައްކަތްކުރުމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން