ވުޟޫމަތީގަ ހުރެގެން ވުޟޫކުރެވިދާނެހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ވުޟޫމަތީގަ ހުރެގެން ވުޟޫކުރެވިދާނެހެއްޔެވެ؟

ވުޟޫ ނުގެއްލުނުނަމަވެސް (ވުޟޫމަތީގައި ހުރެގެންވެސް) ވުޟޫކުރުމަކީ ސުންނަތެއްކަމަށް 4 އިމާމުންނާއި ގިނަ ޢަދަދެއްގެ ޢިލްމުވެރިން އެއްބަސްވެވަޑައިގަންނަވައެވެ. 

ޞަޙީޙް އަލްބުޚާރީ (214) ގައިވަނީ ރަސޫލް ކޮންމެ ނަމާދަކަށް ވުޟޫކުރެއްވެވި ކަމަށެވެ. މިޙަދީޘަށް އައްތިރްމިޛީ (58) ގައި އިތުރުކުރައްވާފައިވެއެވެ. "ވުޟޫމަތީގައި ހުންނެވިނަމަވެސް، ނުހުންނެވި ނަމަވެސް" 

ބޮޑެތި ބައެއް ޢިލްމްވެރިން ފާހަގަކުރައްވާ ގޮތުގައި ކޮންމެ ފަރުޟު ނަމާދަކަށްވެސް އޮތީ ވުޟޫ އައުކުރުމެވެ. އެހެނީ އޭނާ ކުރިން ވުޟޫކުރި ނަމާދުވަނީ ކޮށްނިމިފައެވެ.  

ވުޟޫ އައުކުރުމަކީ ސުންނަތެކެވެ. ވާޖިބުވެގެންވަނީ ވުޟޫމަތީގައި ނަމާދުކުރުމެވެ. ވީމާ ވުޟޫ އައު ނުކުރިނަމަވެސް ވުޟޫމަތީގައި ހުރިނަމަ ކުރާ ނަމާދު ޞައްޙަވާނެއެވެ.  

މަޢްލޫމާތު: އިސްލާމްކިޔޫއޭ.   

އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައަކު މަޣްރިބް ނަމާދަށްދާގޮތަށް ޢިޝާވަގުތުޖެހެންދެން މިސްކިތުގައި ތިބެއެވެ. އެފަދަ މީހުންނަށް މިލިޔުމުން ފައިދާކުރާނެ ކަމަށް އުންމީދުކުރަމެވެ.

މިއަދު އޮންލައިން