ދައްޖާލުގެ ފިތުނައިން ސަލާމަތްކުރައްވަވާނެ މަގެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ދައްޖާލުގެ ފިތުނައިން ސަލާމަތްކުރައްވަވާނެ މަގެއް!: މުފްތީ މެންކް

ހުކުރު ދުވަހު ކަހްފި ސޫރަތް ކިޔެވުމަކީ މަދު މިނިޓްކޮޅެއްގެ ތެރޭގައި ސޫރަތް ކިޔަވައިލުން ކަމުގައި ނުހަދާށެވެ. އެހެނީ ހުކުރު ދުވަހު ކަހްފި ސޫރަތް މާނައަށް ވިސްނައިގެން ކިޔަވައި ޢާޔަތްތަކާއިމެދު ފިކުރުކުރާ މީހާ ދައްޖާލުގެ ފިތުނައިން ސަލާމަތްކުރައްވަވާނެ ކަމަށް ޙަދީޘްފުޅުގައި އެބައޮތެވެ.

މުސްލިމުން މާނަކުރާ ބޮޑު ދައްޖާލު ފައުޅުވާން އަދި އަހަރުތަކެއް ނަގައިފާނެއެވެ. ނަމަވެސް މިހާރުވެސް ދުނިޔޭގައި ވަރަށް ގިނަ ކުދިކުދި ދައްޖާލުތައް އެބަ އުޅެއެވެ. އެ ދައްޖާލުތަކުގެ ފިތުނައިން އިސްލާމީ އުންމަތް މިދަނީ ނިކަމެތިވެ ބަލިކަށިވަމުންނެވެ. މި ބުނަނީ މީސްތަކުންގެ ޢަޤީދާއަށް ލޮޅުން އަރަމުން އަންނަ ވާހަކައެވެ.

ބޮޑު ދައްޖާލު މީސްތަކުން މަގުފުރައްދަނީ ނަރަކަ އަކާއި ސުވަރުގެއެއް ދައްކައިގެންނެވެ. މިހާރު މިއުޅޭ ކުދި ދައްޖާލުތައް މީސްތަކުން މަގުފުރައްދަނީ މަސްތުވާތަކެއްޗާއި ފާހިޝް އަމަލުތަކާއި ފާހިޝް އަމަލުތައް ކުރުމަށް މަގުފަހިކޮށްދޭ ވަސީލަތްތައް ދައްކައިގެންނެވެ. އެފަދަ ފާފަތައް ކުރުމަށް ހިތްވަރުދީ މަގުފަހިކޮށްދީގެންނެވެ. އިސްލާމް ދީނުގެ އަސާސްތަކާއި ޙުކުމްތައް އޮޅުވާލައި ޙަރާމް ކުރެއްވެވި ކަންކަމުގެ ނަން ބަދަލުކޮށް ޒަމާނީ ނަންތައް ކިޔައިގެންނެވެ.

މިފަދަ ނުރައްކާތެރި ވަބާތަކުން ސަލާމަތްވެފައިވާ މުޖުތަމަޢުއެއް ނެތެވެ. މިހާރު ދިރިއުޅެން ޖެހިފައި މިވަނީ މިވަބާތަކުގެ ވަބާތަކުގެ ތެރޭގައެވެ. ވީމާ ކޮންމެ މުސްލިމަކުވެސް ގަދައަޅައި މަސައްކަތްކުރަންވީ މިފަދަ ފިތުނަތަކުން އެމީހަކު ސަލާމަތްވެހުރުމަށެވެ. އެމީހާގެ އަނބިދަރިންނާއި ޢާއިލާ ސަލާމަތް ކުރުމަށެވެ. އެކަން ކުރެވޭނީ ފުރަތަމަ ކަމަކަށް އެމީހާ އަށް ސަލާމަތްވެވި ހުރެވިގެންނެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން