އިންސާނުން އިންސާނުންގެ ގޮތުގާ ނެތް މިއަދަކު! އެމީހުން ތިބީ ޖަނަވާރުންގެ އުޞޫލަށް ވެއްޓިފާ! އެމީހުން ފާޙިޝް ޢަމަލުތަކުގެ ތެރެޔަށް ތިބީ ޣަރަޤުވެފާ! ދެން އެމީހުންގެ މައްޗަށް މިބޮޑުވެގެންވާ މުޞީބާތް ﷲ ސުބްޙާނަހޫވަތަޢާލާ ފާކުރައްވާނެ ކިހާ ބޮޑު މުޞީބާތެއްތޯ މިއަދު ފާކުރައްވާފައި މިވަނީ؟ ލޮލަށް ނުފެންނަ އެންމެކުޑަކުޑަ މައިކްރޯ ކުޑަކުޑަ ވައިރަހެއްގެ ސަބަބުންނޭ އެހެރަ ވަރުގަދަ ނިއުކްލިއަރ ރިއެކްޓަރގެ ޤައުމުތައް އެތިބީ އިނދަޖެހިފަ! ޖާސޫސީ ސެޓްލައިޓް ތައްމައްޗަށް އެތައްބައިވަރު ސެޓްލައިޓްތަކެއް ފޮނުވައިގެންތިބި މީހުން ކުރާނެ ހަމަ އެއްވެސް ކަމެއްނެތް. މަތިންދާ ބޯޓުތައް އުފުލާ އެއާރކްރާފްޓް ކެރިއަރުތައް ބޮޑެތި ކެރިއަރުތައް ގެންގުޅޭ މީހުންނަށް ވީހަމަ އެއްވެސް ކަމެއްނެތް އެންމެ ކުޑަމިނުން އެކެރިއަރުތަކުގެ ތެރެޔަށް ވައިރަސްވަދެ އެތައްބައިވަރު ބަޔަކަށް ވައިރަސްޖައްސާ ކޮވިޑް ޖެހިއްޖެ! ޖެހިގެން ހުރިހާ އެއްޗެއް ޝަޓްޑައުން ހުރިހާ އެއްޗެއްވަނީ ބަންދުވެފަ. ކުރާނެ ހަމަ އެއްވެސް ކަމެއްނެތް ރުއިންނޫން.
ބައެއް ހުޅަނގުގެ މީހުންނަށް ވިސްނިގެން އެމީހުން އެބުނަނީ ކަލޭމެން ޤުރްއާން ޖަހާށޭ ރޭޑިއޯއިން. ރޭޑިޔޯއިން ޤުރްއާން ޖަހާފަ ބަހައްޓާށޭ އިނގިރޭސިވިލާތުގަ ޤުރްއާންޖެހީ ހަމަ އެހެންމެ ޖަރުމަނުވިލާތުގާ ބަންގި އިޢްލާން ވެގެންދިޔަ، ހަމަ އެހެންމެ ސްޕޭން އިޓަލީން ބަންގި އިޢްލާންވެގެންދިޔަ މިހެންގޮސް ކިތަންމެ ބަޔަކު ވިސްނި އިސްލާމް ދީނަށް އެނބުރި ރުޖޫޢަވާ އިސްލާމްދީނަށް ވަންނަމުންދާ ތަންތަން އެބައާދޭ!
އެކަމަކު އަޅުގަނޑުމެން މިތިބީ ނާޤާބިލުވެފަ. އަޅުގަނޑުމެންގެ ތެރެއިން އިސްލާމްދީނަށް ޢަދާވާތްތެރިވާ މީހުން މިއިސްލާމީ އުންމަތުގެ މީހުންގެ ތެރެއިން އިސްލާމްދީނާ ދެކޮޅުވާ މީހުން ޢަދާވާތްތެރިވާ މީހުން އެމީހުންގެ އެޢަޒުމް ދަނީ ވަރުގަދަވަމުން. ދެކޮޅުވާން (ދެކޮޅުވާން)! ނަމާދު ކޮށްލާ މީހަކުވެސް އެއީ ހަރުކަށި ފިކުރުގެ މީހެއްކަމަށް ބައެއްމީހުން ބަލާ! ހެޔޮނުވާނެ އިގޭތޯ އެބަލާމީހުންވެސް އެކަންކަމާމެދު ﷲ އަށް ބިރުވެތިވެ އޭނާ މަރުވާނެކަން ދަނެގެން މަރުވީމާ އެނަފްސް ކުނިވެގެންދާނެކަން ހަލާކުވެގެން ދާނެކަން އެހަށިގަނޑު އެކަންކަން ޤަބޫލުކޮށްގެން މަރުވުމަށްފަހު އަލލުން އެހެން ތެދުވުމެއް ވާކަން ޤަބޫލުކޮށްގެން އުޅެފިކަމުގައިވާނަމަ ޝައްކެއްނެތް ގޮތުގައި އެހެން މީހުންނަކަށް އެކަހަލަ ނަޒަރަކުންނެއް ނުބަލާނެ ނުދެކޭނެ.!
ހައްދުފަހަނައަޅާ ދިއުމަކީވެސް އޮތްކަމެއް އިގޭތޯ! ހައްދުފަހަނައަޅާ ދިއުންވެސް އޮވޭ ހަރުކަށި ފިކުރުވެސް އޮވޭ އެކަމަކު ހުސް އިސްލާމް ދީނުގަތޯ ހަރުކަށި ފިކުރުއޮތީ ހަރުކަށި ފިކުރު އެބައޮތް ހުރިހާ ދީނެއްގަވެސް. ހަރުކަށި ފިކުރު އޮވޭ، ބައްލަވާ ހިންދޫ ދީނުގެ ޢާއްމުންނަކީ ވަރަށް ރަގަޅުބައެއް އެކަމަކު އޭގެތެރެއިން ބަޔަކުމީހުން ހަރުކަށި ފިކުރުގެ މީހުން ނަޞާރާ އަކު އަންދާލި ކަމަށްވެސް އިންޑިޔާއިން އަޅުގަނޑަށް މައުލޫމާތު ލިބޭ. ހިންދޫ ދީނުގެ ބަޔަކު، ހަމަ އެހެންމެ މުސްލިމުންގެ ތެރޭގަވެސް އެކަހަލަ މީސްމިހުން އެބައުޅޭ. މީހުންގެ ފުރާނަޔަށް ގެއްލުންދީ މިހެން ހަދާމީހުން އެބައުޅޭ އެހެންވީމާ ޢާއްމު ތަންތާ ބޮންގޮއްވުމާ ހަމަ އެހެންމެ ކުށެއްނެތް މީހުން ޤަތުލުކުރުމާ މިކަހަލަ އެންމެހާ ކަންތައްތަކަކީ މުސްލިމުން ކުރާނެ ކަމެއްނޫނޭ! ދެން ކޮންމެއަކަސް އެކަންތައްތައް އެކުރަނީ ކޮންމެސް ބަޔަކު އަޑީގަ ތިބެގެން ސިއްރުން ބަޔަކު ލައްވާ މިކަންކަން ކުރުވަނީ ބައެއް އިދާރާތަކުން އެހެންވީމާ މީޙަޤީޤަތަކީ ޙަޤީޤަތުގާ މުސްލިމަކު އެކަހަލަ ކަމެއްނުކުރާނެ.
މުސްލިމުންނަކީ އޯގާވެރި ބައެއް ރަޙުމްވެރިބައެއް ރަޙްމަތުގެ ނަބީކަލޭގެފާނު މުޙައްމަދު ﷺ އަޅުގަނޑުމެންގެ ތެރެޔަށް ވަޑައިގެންނެވީ ރަޙްމަތާއިގެން " وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِلْعَالَمِينَ " އެއީ ތިމަން ﷲ ކަލޭގެފާނު އެންމެހާ ޢާލަމްތަކަށް ރަޙްމަތެއް ކަމުގާނޫނީ ނުފޮނުއްވަމޭ އެހެންވީމާ އެރަޙްމްވެރިކަން ކޮބައިތޯ؟ އަޅުގަނޑުމެންނާ ދުނިޔޭގެ ކާފަރަކު ދިމާވިކަމުގައިވިޔަސްވެސް އަޅުގަނޑުމެން މުޢާމަލާތް ކުރަނީ ވަރަށްރީތިކޮށް މިމީހުންގެ ހިތަށް އިސްލާމްދީނުގެ މީހުން ހާދަރަގަޅޭ މިހެން ހިތަށްއަރާވަރަށް މީގެ ގާތްގަޑަކަށް ދޮޅުވަރަކަށްހަފްތާއެއްހާ ކުރިން އަޅުގަނޑާ ބޭރުމީހަކު ދިމާވަނީ ފްލައިޓަކުން އަދި އެއީވެސް ޕޯޗްގީޒުންގެ ކަޕްލްއެއް އެމީހުން ބޭނުންވީ ދެމީހުން އެއްތަނެއްގާ ތިބެން ކޮންމެއަކަސް އެހިސާބުން އަޅުގަނޑުމެން އެމީހުނަށް އެކަން ފޯރުކޮށްދިނިން އެއްތަނުގާ ތިބެން. ޕޯޗްގީޒުގާ ކިހިނެއްހޭ ކޮވިޑް ޙާލަތު ބުނީމަބުނީ ކޮންމެސް ވަރަކަށް ރަގަޅޭ، ރަގަޅޭ ދެން އަނެއްހެން ކޮންމެސްވަރަކަށް އެބޯތޭ އެހެން ނަމަވެސް އޭގެ ދެދުވަސްފަހުން އަޅުގަނޑުމެންނަށް އަޑުއިވިގެން ދިޔައީ ކާރިސާއެއް ވެގެން ދިޔަކަމަށް، ޕޯޗްގީޒް ނުވަތަ މިހާރުގެ ޕޯޗްގަލް ސްޕޭންކައިރީގާ އޮންނަ.
އާދެ! އެހެންވީމާ އަޅުގަނޑުމެން ބޭރުމީހުންނާވެސް މުޢާމަލާތް ކުރަނީ ވަރަށް ރީތިކޮށް، ރީތިކޮށް އަޅުގަނޑުމެން މުޢާމަލާތް ކުރަނީ އެއީ އެމީހުން ފަހަރުގާ އެމީހުންނަށް އެއްޗެއް ވިސްނޭތޯ އިސްލާމުންގެ ހިތްހެޔޮކަމާ އިސްލާމުންގެ ރަޙުމްވެރިކަމާ އޯގާވެރިކަމާ މިކަންކަން އަޅުގަޑުމެން ދައްކައިގެން އެމީހުން އިސްލާމްދީނަށް ވަދޭތޯ އަޅުގަޑުމެން ބޭނުންވަނީ އެމުޢާމަލާތް ކުރަން. އެހެންވީމާ ރަޙްމަތުގެ ދީން އިސްލާމްދީނަކީ އެހެންވީމާ އިސްލާމުންނެއް އެގޮތަކަށް ކަންތައްތަކެއް ނުކުރާނެ އާދެ ކޮންމެއަކަސް ހުރިހާ ދީންތަކެއް ނަޞާރާއިން ކިތައް މީހުންތޯ މަރަނީ ކިތަށް މީހުންތޯ ޤަތުލުކުރަނީ، ޝިޔަޢީން ކިތައް މީހުންތޯ ޤަތުލުކުރަނީ، މަޖޫސީން ކިތައްމީހުންތޯ ޤަތުލުކުރަނީ، އެހެންވީމާ ހުރިހާ ދީނެއްގެ ތެރޭގައި އެބަހުރޭ ހަރުކަށި މީހުން ހަރުކަށި ފިކުރުގެ މީހުން ހުރިހާ ދީންތަކެއްގެ ތެރޭގަވެސްވޭ އެކަމް ނަންވަނީ ހައިވަކަރު އޮޑި " އިސްލާމްދީން " މީ ހިތާމަހުރި ކަމެއް.
އިސްލާމް ދީން ތެރޭގާ މިތިބަ ނަމާދުކުރާ މީހުންނަކީ ކިހާ ރަގަޅު ބައެއްތޯ އެއީ ހަރުކަށި ކަމެއްތޯ؟ ނަމާދު ކުރުމާ، ދުޢާކުރުމާ، ޤުރްއާން ކިޔެވުމާ، ޛިކުރު ކުރުމާ، އާދެމިއީ އަޅުގަނޑުމެން ކުރަންޖެހޭނެ ކަންތައްތައް ހުރިހާ ދީނެއްގެ މީހުންވެސްއިޙްތިރާމްވެސް ކުރޭ، ރާއްޖެ އަންނަ ގެސްޓުންވެސް ވަރަށް އިޙްތިރާމް ކުރޭ ރޯދަހިފާ މީހުނަށްވެސް ރޯދަ ނުހިފާ މީހުންދެކެ ރުޅިއަންނަ ކަމުގައިވެސް ރިސޯޓުތަކުގަ އުޅޭކުދިން އަޅުގަނޑުމެނަށް ކިޔައިދޭ، އެހެންވީމާ މިހުރިހާ ކަމަކާމެދު ވިސްނާ އިސްލާމްދީނުގެ އަގުވައްޓަން އުޅޭމީހުނަށް އެކަންވިޔަ ދީގެންނުވާނެ އަޅުގަނޑުމެން. އަޅުގަނޑުމެންވީ އިސްލާމްދީނުގެ ރީތި ނަމޫނާދައްކަން އަޅުގަނޑުމެންވީ އަޅުވެރި ބަޔަކަށްވާން ޚުލްޤު ހެޔޮބަޔަކަށްވާން، ޤިޔާމަތުގެ މައިދާނަށްޓަކައި ތައްޔާރުވާ ބަޔަކަށްވާން އެހެން ނުވެއްޖެ ކަމުގައިވާނަމަ އަޅުގަނޑުމެންގެ ހަލާކު އަތުވެދާނެ.
- ޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ދަރުސަކުން