މިސްކިތަށް ވަނުމާ ނުކުތުމުގެ އަދަބުތައް: ވަންނަމުން ތިމާއަށްޓަކައި ރަޙްމަތުގެ ދޮރުތައް ހުޅުއްވަވައިދެއްވެވުން އެދި ދުޢާކުރަންވާނެ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 36ސ
މިސްކިތަށް ވަނުމާ ނުކުތުމުގެ އަދަބުތައް: ވަންނަމުން ތިމާއަށްޓަކައި ރަޙްމަތުގެ ދޮރުތައް ހުޅުއްވަވައިދެއްވެވުން އެދި ދުޢާކުރަންވާނެ!

ތިބާ މިސްކިތުގެ ދޮރާ ހަމައަށް ފޯރައްޖެކަމުގައިވާނަމަ، ވަނުމަށްޓަކައި ކަނާތުފައި އިސްކުރާށެވެ. އަދި ކިޔާށެވެ.

((بِسْمِ اللهِ، وَالسَّلاَمُ عَلَى رَسُولِ اللهِ ، اللَّهُمَّ اغْفِرْ لِي ذُنُوبِي، وَافْتَحْ لِي أَبْوَابَ رَحْمَتِكَ)) 

މާނައީ: "ﷲގެ އިސްމުފުޅުގެ ބަރަކާތުން ވަންނަމެވެ. އަދި ﷲގެ ރަސޫލާއަށް ސަލާމް ހުއްޓެވެ. އޭ ﷲ! މިއަޅާއަށްޓަކައި މިއަޅާގެ ފާފަތައް ފުއްސަވާނދޭވެ! އަދި މިއަޅާއަށްޓަކައި ރަޙްމަތުގެ ދޮރުތައް ހުޅުއްވާނދޭވެ!" 

އަދި މިސްކިތުން ނުކުންނަމުން ވާތުފައި އިސްކުރާށެވެ. އަދި ކުރިންކީ ދުޢާކިޔާށެވެ. 

އެދުޢާގައިވާ ((وَافْتَحْ لِي أَبْوَابَ رَحْمَتِكَ)) ގެ ބަދަލުގައި ((وَافْتَحْ لِي أَبْوَابَ فَضْلِكَ))  ކިޔާށެވެ. އެހެނީ، މިސްކިތަކީ ރަޙުމަތުގެ ތަނެކެވެ. އަދި މިސްކިތުން ބޭރަކީ ރިޒުޤު ހޯދުމުގެ ތަނެވެ. އަހަރެމެންނަށް ރިޒުޤުތައް ލިބެނީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ފަޟުލަވަންތަވެރިކަމުންނެވެ. 

 

- އައްޝައިޚް މުޙައްމަދު ސިނާންގެ ދަރުސަކުން

މިއަދު އޮންލައިން