އަންހެނުންނަށް ސުވަރުގޭގެ ބޭނުން ދޮރުކޮޅަކުން ވަދެވިދާނެ 4 ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 49ސ
އަންހެނުންނަށް ސުވަރުގޭގެ ބޭނުން ދޮރުކޮޅަކުން ވަދެވިދާނެ 4 ކަމެއް!

ނަރަކައިގައި ގިނަވާނީ އަންހެނުންކަން އެނގެން އޮތްނަމަވެސް ސުވަރުގެ ވަދެވެން އަނހެނުންނަށްހުރި މަގުތައް ވަރަށް ގިނައެވެ. އަދި އެހައިމެ ފަސޭހަވެސްމެއެވެ. އެންމެ 4 ކަމެއް ކޮށްލައިގެން ސުވަރުގޭގެ ބޭނުން ދޮރުކޮޅަކުން ވަނުމުގެ ފުރުޞަތު އަންހެނުންނަށް އެބައޮތެވެ.

އެއީ ފަރުޟޫ 5 ނަމާދު ކުރުންމަތީގައި ދެމިހުރުމާއި، ރަމަޟާން މަހު ރޯދަ ހިފުމާއި ލަދުވެތި ގުނަވަނަށް ރައްކައުތެރިވުމާއި އަދި ފިރިމީހާއަށް (ﷲ ތައާލާ ނަހީ ކުރެއްވެވި ކަންކަމުގައި މެނުވީ) ކިޔަމަންވުމެވެ.

Abu Huraira reported: The Messenger of Allah, peace and blessings be upon him, said, “If a woman prays her five prayers, fasts her month of Ramadan, guards her chastity, and obeys her husband, she will enter Paradise from any gate she wishes.” Source: Ṣaḥīḥ Ibn Ḥibbān 4252 Grade: Sahih (authentic) according to Al-Albani

މިއިން އެއްވެސް ކަމަކީ އެއްވެސް ބުރަކަމެއް ނޫނެވެ. މި 4 ކަންތަކަށް ބަލާއިރު ފަރުޟު 5 ނަމާދު ކުރުމަކީ ކޮންމެ މުސްލިމަކުވެސް ކުރަން ޖެހޭނެ ކަމެކެވެ. ރަމަޟާން މަހު ރޯދަ ހިފުމަކީވެސް ކުރަން ޖެހޭނެ ކަމެކެވެ. އަދި ލަދުވެތި ގުނަވަން ރައްކައުތެރިކުރުމަކީ ވެސް ކޮންމެހެން ކުރަން ޖެހޭނެ ކަމަށެވެ.

ހަމަ އެއާއިއެކު ﷲ ތަޢާލާ ނަހީކުރެއްވެވި ކަމެއް ނުވަތަ ﷲ ތަޢާލާއަށް އުރެދުމެއްވާ ކަމެއްގައި މެނުވީ ފިރިމީހާއަށް ކިޔަމަންތެރިވުމަކީ ހެޔޮލަފާ އަނބިން ކުރަމުންދާ ކަމެކެވެ. ކޮންމެ އިންސާނަކީވެސް ހަމަހަމަ މީހެކެވެ. ނަމަވެސް ކޮންމެ ކަމެއްގައިވެސް އިސް މީހަކު ހުރެއެވެ. އެގޮތުން ޢާއިލާގެ އެންމެ އިސް މީހަކީ ފިރިމީހާއެވެ. އެއީ އެކަން ﷲ ތަޢާލާ ލައްވަވާފައިވާ ގޮތެވެ. އެކަން އެއްވެސް މީހަކަށް ބދަލެއް ނުކުރެވޭނެއެވެ.

އަނބިމީހާ ފިރިމީހާއަށް ކިޔަމަންތެރިވުމަކީ އަނބިމީހާގެ ދަރަޖަ އުފުލިގެންދާ ކަމެކެވެ. އެހެނީ އޭނާ ޙަޤީޤަތުގައި އެ ކިޔަމަންތެރިވަނީ ﷲ ތަޢާލާއަށެވެ. އޭނާ އެ ޢަމަލުކުރަނީ ﷲ ތައާލާ ގެ ނިންމެވުމަށެވެ. އެހެންކަމުން ފިރިމީހާއަށް ކިޔަމަންތެރިވުމަކީ އެއްވެސް ޙާލެއްގައި ފިރިމީހާއަށްޓަކައި ވެސް ކުރާ ކަމަކަށް ނުވެއެވެ. އެކަން ކުރަނީ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރަން ކަމުގައިވާތީއެވެ.

"ފިރިހެނުންނަކީ، އަންހެނުންގެ މައްޗަށް ރައްކާތެރިވެ ބެލެހެއްޓުމުގައި ޤާއިމް ވެގެންތިބޭ ބއެކެވެ. (އެއީ) އެއުރެންގެ އެއްބައެއްގެ މައްޗަށް އަނެއްބައަކު ﷲ މާތްކުރައްވައި، އިތުރުކުރައްވާފައިވާ ކަމަށްޓަކައެވެ. އަދި، އެއުރެންގެ މުދަލުން ހޭދަކޮށްފައިވާ ކަމަށްޓަކައެވެ. ފަހެ، ހެޔޮލަފާ އަންހެނުންނަކީ، ކިޔަމަންތެރި އަންހެނުންނެވެ. ރައްކާތެރިކުރުމަށް ﷲ އެންގެވި ކަންތައް، ސިއްރުގައިވެސް، ރައްކާތެރިކުރާ އަންހެނުންނެވެ. އެކަނބަލުން ނުކިޔަމަންތެރިވެދާނެކަމަށް، ތިއަބައިމީހުން ބިރުގަންނަނަމަ، ފަހެ، އެކަނބަލުންނަށް ނަޞޭޙަތް ދޭށެވެ! އަދި، އެކަނބަލުންނާއެކު އެއްދާންކުރުން ދޫކޮށްލާށެވެ! އަދި، އެކަނބަލުންގެ ގައިގައި (ހާނީއްކަ ނުވާގޮތުން) ޖަހާށެވެ! ފަހެ، ތިއަބައިމީހުންނަށް އެކަނބަލުން ކިޔަމަންވެއްޖެނަމަ، އެކަނބަލުންގެ މައްޗަށް (އަނިޔާވެރި) މަގަކަށް ނޭދޭށެވެ! ހަމަކަށަވަރުން، ﷲއީ، އެންމެ މަތިވެރި، އެންމެ ބޮޑު ރަސްކަލާނގެ ކަމުގައިވެއެވެ." (ނިސާ: 34)

ވީމާ ފިރިމީހާ އަށް ކިޔަމަންތެރިވުމަކީ އަނބިމީހާ ނިކަމެތިވުން ކަމަސް ބުނެ އެކަން އެގޮތަށް މާނަކުރަނީ ﷲ ތަޢާލާ އެކަން ބަޔާން ކުރައްވަވާފައިވާ ގޮތް ނުއެނގޭ މީހުންނެވެ. ނުވަތަ ﷲ ތަޢާލާގެ ނިންމެވުން ޤަބޫލުނުކުރާ މީހުންނެވެ. އަޅަމެންނަކީ ﷲ ތަޢާލާގެ އެންމެހައި އެންގެވުންތައް ޤަބޫލުކުރާ ބައަކު ކަމުގައި ލައްވަވާށިއެވެ! އާމީން.

އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން