އާދެ! ޤިޔާމަތަކީ ދުރުގައިވާ އެއްޗެއްނޫން! އާދެ! ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވަނީ " يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمْ " އޭ މީސްތަކުންނޭ ތިޔަބައި މީހުންގެ ރައްބަށް ތިޔަބައިމީހުން ބިރުވެތިވާށޭ، " إِنَّ زَلْزَلَةَ السَّاعَةِ شَيْءٌ عَظِيمٌ " ހަމަކަށަވަރުން ޤިޔާމަތުގެ ޒަލްޒަލާ އަކީ ބޮޑުވެގެންވާ ކަމެކޭ " يَوْمَ تَرَوْنَهَا تَذْهَلُ كُلُّ مُرْضِعَةٍ عَمَّا أَرْضَعَتْ " އެދުވަހަކީ ކޮންމެ ކިރުމަޔަކުވެސް އެބަޔަކު ކިރުދިން ދަރީންގެމަތިން ޣާފިލުވެގެން ދާނެދުވަހޭ އަޅާނުލެވި ދޫކޮށްލެވިގެންދާނެ ދުވަހޭ " وَتَضَعُ كُلُّ ذَاتِ حَمْلٍ حَمْلَهَا " އަދި ކޮންމެ މާބަނޑު މީހަކުވެސް އެމާބަނޑު މީހާގެ ބަނޑުގަ އޮންނަދަރި ބިރުންގޮސް ވެއްޓޭނެ ދުވަހޭ، ވިހާނެ ދުވަހޭ " وَتَرَى النَّاسَ سُكَارَىٰ " އަދި މީސްތަކުން މަސްތުވެގެން ތިބޭތީ ފެންނާނެތޭ " وَمَا هُم بِسُكَارَىٰ " އެމީހުން އެވަނީކީ މަސްތުވެގެނެއް ނޫނޭ " وَلَٰكِنَّ عَذَابَ اللَّهِ شَدِيدٌ " އަދި ކިއެއްހެއްޔޭ؟ އެމީހުން އެއުޅެނީ ﷲގެ ޢަޛާބު ގަދަފަދަ ވެގެންވާތީއޭ، އެކަމަށް ކެއްނުކުރެވިގެން ބިރުންނޭ އެމީހުން އެއުޅެނީ،
އާދެ! ޖަންގަލިތަކުގާ ދިރިރުޅޭ ބޮޑެތި މިނިކާވަގުތަކާ ބޮޑެތި މާސިންގާ ހަރުފަތައް އަނގަހުޅުވައިގެން ރަށުތެރެޔަށް އަރައިގަނެގެން އަންނާނެ އެއީ މީހުން ކާކަށް ނޫނޭ އެއެއްޗެތި އެއަންނަނީ، އެއަންނަނީ އެމީހުންނަށްވެސް ބިމުގެ ޒަލްޒަލާ އައިސް ޖަންގަލި ތަކުގެ ތެރެޔަށް ފަޅަފަޅައިގެން ދާތީ! މުޅި ދުނިޔެ އެއްކޮށް އެމޭޒަން ޖަންގަލި، އެހެންގޮސް އެތައްބައިވަރު ޖަންގައްޔެއް ދުނިޔޭގާ އެބައޮވޭ އެހުރިހާ އެޖަންގައްޔެއް ފަޅަފަޅައިގެންދާނެ! ފަޅަފަޅައިގެން ދިޔައިމާ އެމީހުން ވަކި ނުނުކުންނާނެތޯ ރަށްތަކުގެ ތެރެޔަށް އެމީހުންވެސް ނިކުމެ މީސްތަކުންނާ ލާމެހި މީހުން ކިހާބިރެއް ގަންނާނެނޫންތޯ ބިންގަނޑު ފަޅަފަޅައިގެންދާންފެށުމުން މީސްތަކުން ކޯރުތަކާ ކަނޑުތަކުގެ އައްސޭރިފަށަށް އެމީހުންދާނެ ދާހިނދުގާ އެމީހުނަށް ފެންނާނީ އެތަންތަނުގާ ހުޅުރޯވެފައިވާތަން އެތަންތަނުގާ ފެނެއް ނުހުންނާނެ އެތަނުންވެސް ލިބޭނީ ދިލަ އަލިފާން ހޫނު ލިބޭނީ ދެންފަހެ މިކަހަލަ ޙާލެއްގާ ބައެއްމީހުން ފަޅައިގެންދާ ދޭތެރެ ޔަށް ވެއްޓޭނެނޫންތޯ ހުންނާނީ ހަމަ އެއްކޮށް ރޯއަލިފާންގަނޑު ފެންނަން އޮންނާނީ!
- ޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ދަރުސަކުން