ހޫދުގެފާނުގެ ވާހަކަ 7: ވިއްސާރަ ވިލާވިލާގަނޑެއް ފެނިއްޖެ ނަމަ ބިރުވެތިވެ ކުރަން އޮތް ދުޢާ ޙަދީޘުން

މިއަދު
ކިޔުމަށް ހޭދަވާނީ 5މ 19ސ
ހޫދުގެފާނުގެ ވާހަކަ 7: ވިއްސާރަ ވިލާވިލާގަނޑެއް ފެނިއްޖެ ނަމަ ބިރުވެތިވެ ކުރަން އޮތް ދުޢާ ޙަދީޘުން

ވާރޭވިލާގަނޑެއް ފެނިވަޑައިގެންފިނަމަ ކަލޭގެފާނު އެކަމާ ކަންބޮޑު ވެވަޑައިގަންނަވަމުއެވެ.' ޙަދީޘް ކުރެއްވިއެވެ. 'އޭ عائشة އެވެ! އެ ވިލާގަނޑު އެ އަންނަނީ، މާތްﷲ ގެ ގަދަފަދަ ޢަޛާބާއިގެން ނޫންކަން ތިމަންކަލޭގެފާނަށް ޔަޤީންކޮށްދިނީ ކޮންކަމެއް ހެއްޔެވެ؟ އެ ފަދަ އެއްވެސް ޔަޤީންކަމެއް ނެތެވެ. އިހުގައި އުޅުނު މީސްތަކުންގެ ބަޔަކަށް ގަދަވައެއް ފޮނުއްވައިގެން މާތްﷲ ޢަޛާބު ދެއްވައިފައިވެއެވެ. އޭގެ ތެރެއިން ބައެއް މީހުންނަށް ޢަޛާބުގެ ވިލާގަނޑު ފެނުމުން ބުންޏެވެ. ހަމަކަށަވަރުން މި ވިލާގަނޑު އަހަރެމެންނަށް ވާރޭވެއްސައި ދޭނެއެވެ." { صحيح البخاري/ كتاب التفسير/ ޙަދީޘް ނަންބަރު 4474} 

އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވެފައިވެއެވެ. ކައުއިތުރު ރަސޫލާ صلّى اللّـه عليه وسلّم ވައިޖެހި ގަދަ ވިލާގަނޑެއް ފެނިވަޑައިގަންނަވާ ނަމަ މިދަންނަވާފަދައިން ދުޢާ ކުރައްވާ ހައްދަވައެވެ.

اللَّهُمَّ إِنِّي أَسْأَلُكَ مِنْ خَيْرِهَا وَخَيْرِ مَا فِيهَا وَخَيْرِ مَا أُرْسِلَتْ بِهِ وَأَعُوذُ بِكَ مِنْ شَرِّهَا وَشَرِّ مَا فِيهَا وَشَرِّ مَا أُرْسِلَتْ بِهِ " 

އެކުލެވިގެންވާ މައުނައީ "އެއިގެ (އެވައިގެ) ހެޔޮކަމާއި ވައިގެ ތެރޭގައިވާ ތަކެތީގެ ހެޔޮކަމާއި ވައި ފޮނުއްވެވުނު ކަންތައްތަކުގެ ހެޔޮކަން ދެއްވެވުން އެދި މިއަޅާ އިނބަ ﷲ ގެ ޙަޟްރަތުން އެދެމެވެ.  އަދި (އެވައިގެ) ނުބައިކަމާއި ވައިގެ ތެރޭގައިވާ ތަކެތީގެ ނުބައިކަމާއި ވައި ފޮނުއްވެވުނު ކަންތައްތަކުގެ ނުބައިކަމުން ސަލާމަތްކޮށް ދެއްވެވުން އެދި މިއަޅާ އިނބަ ﷲ ގެ ޙަޟްރަތުން ރައްކައުތެރިކަމަށް އެދެމެވެ." 

{ جامع الترمذي/ كتاب الدعوات عن رسول الله صلى الله عليه وسلم/ باب مَا يَقُولُ إِذَا هَاجَتِ الرِّيحُ/ هَذَا حَدِيثٌ حَسَنٌ  ޙަދީޘް ނަންބަރު 3449}

هود عليه السّلام ގެ ޤައުމުގެ މީސްތަކުންނަށް މާތްالله سبحانه وتعالى ޢަޛާބު ދެއްވައި ހަލާކު ކުރެއްވީ ގަދަ ވައެއް ފޮނުވައިގެންކަން ކީރިތި ޤުރްއާނުގެ ޞަރީޙަ ނައްސުން ސާބިތުވެއެވެ. މާތް ނަބިއްޔާ صلّى اللّـه عليه وسلّم ޙަދީޘް ކުރައްވާފައިވަނީ އެ ވަޔަކީ ހުޅަނގު ފަރާތުންޖެހުނު ވަޔެއްކަމުގައެވެ. އެ ވަޔަށް ޢަރަބި ބަހުން ކިޔާއުޅެނީ دبُورِ އެވެ.

ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ.  

نُصِرْتُ بِالصَّبَا وَأُهْلِكَتْ عَادٌ بِالدَّبُورِ { صحيح البخاري/كتاب أحاديث الأنبياء/ بَابُ قَوْلِ اللَّهِ تَعَالَى: {وَإِلَى عَادٍ أَخَاهُمْ هُودًا قَالَ يَا قَوْمِ اعْبُدُوا اللَّهَوَقَوْلِهِ: {إِذْ أَنْذَرَ قَوْمَهُ بِالأَحْقَافِ} إِلَى قَوْلِهِ تَعَالَى: {كَذَلِكَ نَجْزِي الْقَوْمَ الْمُجْرِمِينَ}/ ޙަދީޘް ނަންބަރު 3343}

މާނައީ: "ތިމަންކަލޭގެފާނަށް ޞަބާއޭ ކިޔުނު އިރުމަތިން ޖެހޭވައި މެދުވެރިކުރައްވައި ނަޞްރު ލިބިވަޑައިގެންނެވިއެވެ. އަދި ޢާދު ބާގައިގެ މީހުން ދުބޫރޭ ކިޔުނު ހުޅަނގު ފަރާތުން ޖެހޭ ވައި މެދުވެރިކުރައްވައި ހަލާކު ކުރެވުނެވެ."  

- ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް

 

މިއަދު އޮންލައިން