ވެރިމީހާ ޢަދުލުވެރި ނުވެއްޖެނަމަ ކަންތައްކުރަންޖެހޭ ގޮތް- ޢުމަރުގެފާނުގެ ސިޔަރަތުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 37ސ
ވެރިމީހާ ޢަދުލުވެރި ނުވެއްޖެނަމަ ކަންތައްކުރަންޖެހޭ ގޮތް- ޢުމަރުގެފާނުގެ ސިޔަރަތުން

ޢުމަރު ރަޟިޔަ الله ޢަންހުގެ ޚަލީފާ ކަމުގައި އެއްދުވަހަކު މެންބަރަށް އަރައިވަޑައިގެންފައި ވިދާޅުވިއެވެ. "މީސްތަކުންނޭވެ. ތިޔަބައިމީހުންގެ މެދުގައި ތިމަންކަލޭގެފާނު ޢަދުލުވެރި ނުވެއްޖެނަމަ ކަންތައްކުރާނީ ކިހިނަކުން ހެއްޔެވެ؟" އެހިނދު މީހަކު ތެދުވެ އޭނާގެ ކަނޑި އުރައިން ދަމައިގަތެވެ.

އަދި ބުންޔެވެ. "ތިމަންމެން ކަލޭގެފާނު ސީދާކުރާނީ ކަނޑީގެ ބާރުގައެވެ."

އެހިނދު ޢުމަރު ރަޟިޔަالله ޢަންހު އެކަމާ ވަރަށް ބޮޑަށް އަޘަރުކުރައްވާ އުފާކުރެއްވިއެވެ. ވެރިޔަކު ހަމަމަގުން ނައްޓާލައިފިނަމަ ސީދާ މަގަށް އަޅުވާނެ ބަޔަކު ތިބިކަމަށްޓަކައި الله އަށް ޙަމްދު ކުރެއްވިއެވެ." 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން