މި 3 މީހުންގެ ތެރޭގަ ތިބާ ހިމެނޭތޯ ބަލައި ހިމެނޭނަމަ އަވަހަށް އިޞްލާޙްވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
މި 3 މީހުންގެ ތެރޭގަ ތިބާ ހިމެނޭތޯ ބަލައި ހިމެނޭނަމަ އަވަހަށް އިޞްލާޙްވާށެވެ!

ޔަޙްޔާ ބިން މުޢާޛް ވިދާޅުވިއެވެ. 

"3 މީހެއްގެ ޢަމަލާމެދު އަހުރެން ޢަޖާއިބުވަމެވެ. ﷲއަށް ޚާލިޞްކޮށް ޢަމަލުކުރުމުގެ ބަދަލުގައި، އޭނާފަދަ އެހެން މަޚުލޫޤަކަށް ދެއްކުމަށްޓަކައި ޢަމަލުކުރާމީހާއާއި،

އޭނާގެ ވެރިރައްބު، ފަހުން ބަދަލު ދެއްވާނެކަން އަންގަވައި އޭނާގެ މުދަލުން މިންވަރަކަށް އެދިވޮޑިގެންނެވުމުންވެސް ނުދީ ބަޚީލުވެގަންނަ މީހާއާއި،  

އޭނާގެ ވެރިރައްބާއި ކުއްތަންވުމަށާއި، އެއިލާހަށް ލޯބިކުރުމަށް އެންގެވެމުން ފުރަގަސްދިނުމަށްފަހު، މަޚްލޫޤުންނަށް ލޯބިކޮށް އެމީހުންނާއި އެކުގައި ވަގުތު ހޭދަކުރުމަށް ބޭނުންވާ މީހާއެވެ."

(ފަހުން ބަދަލުދެއްވާނެކަމަށް އަންގަވައި އޭނާގެ މުދަލުން މިންވަރަކަށް އެދިވޮޑިގެންނެވުމޭ ބުނެވޭ ބަހުގެ މުރާދަކީ، ﷲގެ މަގުގައި މުދާހޭދަކުރުމަށް އެންގެވުމެވެ. އަދި އެޢަމަލަށް ޘަވާބުދެއްވާނެކަން އެންގެވުމެވެ.)

ޒުހުދުވެރިވުމަކީ އުޚްރަވީ ޙަޔާތުގައި މަންފާނުކުރާނޭ ހުރިހައި ކަމަކުން ދުރުހެލިވެގަތުމެވެ. އަދި ވަރަޢަވެރިވުމަކީ، އެޢަމަލެއްގެ ސަބަބުން އުޚްރަވީ ޙަޔާތުގެ ނުރައްކަލަކާއި ކުރިމަތިވެދާނޭކަމަށް ބެލެވޭ ހުރިހާ ޢަމަލަކުން ދުރުހެލިވެގަތުމެވެ. (އެހެން ޢިބާރާތަކުން ދަންނަވަނީނަމަ، ޒުހުދުވެރިވުމަކީ ފަރުޟުކަންތަކާއި ސުންނަތްކަންތައް ކުރުމުގައި މަޝްޣޫލުވެ، މުބާހުކަންތައްތަކުންވެސް ދުރުވެގަތުމެވެ. އަދި ވަރަޢަވެރިވުމަކީ  ފަރުޟުކަންތަކާއި ސުންނަތްކަންތައްކޮށް، މުބާހު ކަންތައްތަކުގެ ތަރެއިން، އުޚްރަވީ ޙަޔާތުގެ ނުރައްކަލަކަށް މަގުފަހިވެދާނެ ކަންތައްތަކުން ދުރުހެލިވުމެވެ.)

ނަފްސުގެ އެދުންތަކަށް އަބަދުމެ ތަބަޢަވާ ހިތަކަށް ޒުހުދުވެރިކަމެއްވެސް އަދި ވަރަޢަވެރިކަމެއްވެސް ނުވާނެއެވެ. 

- އައްޝައިޚް މުޙައްމަދު ޝަމްޢޫންގެ ލިޔުއްވުމަކުން

އަޞްލު: فوائد الفوائد لابن القيم رحمه الله

 

މިއަދު އޮންލައިން