"ވައްތީންޏާއި، ޒައިތޫނި ގަންދެއްވަމެވެ." (އައްޠީން: 1)
މިއާޔަތުގައި އައްޠީން ގަހާއި އެގަހުގެ މޭވާއާއި އަދި ޒައިޠޫނިގަހާއި އެގަހުގެ މޭވާ ގަންދެއްވަވައި ބަސްފުޅު ވަޙީކުރެއްވެވި ސަބަބެއްކަމަށް ޢިލްމުވެރިން ބަޔާން ކުރައްވަނީ އެދެގަހާއި އެދެ ގަހުގެ މޭވާގެ މުހިންކަން ކަމަށެވެ.
ބައެއް ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުން ސުވަރުގޭގައި އާދަމްގެފާނާއި ޙައްވާގެފާނު ލެއްވެވުމަށްފަހު އެގހަކުން ފަރިއްނުކުޅުއްވަވަން ﷲ ތަޢާލާ ވަޙީކުރެއްވެވި ގަހުން (ޝައިޠޯނާގެ ވަސްވާސްތަކަށް ހެއްލެނިވެވަޑައިގެން) ފަރިއްކުޅުއްވެވުނު ހިނދު ދެކަނބަލުންގެ އަޢުރަ ކަޝްފުވުމުން ނިވާކުރެއްވެވީ އައްތީން ގަހުގެ ފަތެވެ.
ޒައިތޫނިގަހާއިމެދު ﷲ ތަޢާލާ ވަޙީކުރައްވަވާފައިވެއެވެ. "އެބައްތި ދިއްލެނީ ބަރަކާތްތެރި ޒައިތޫނި ގަހަކުންނެވެ." ވީމާ އެގަހަކީ ބަރަކާތްތެރި ގަހެއްކަމަށް ﷲ ތަޢާލާ މިވަނީ ވަޙީކުރައްވަވައިފައެވެ. ވީމާ އެނގެންމިދަނީ އެގަހަކީ އިންސާނުންނަށްޓަކައި ބޮޑެތި ފައިދާތަކެއް ލައްވަވާފައިވާ ގަހެއްކަމެވެ.
ޣަދީޘްފުޅުގައިވެއެވެ. "ތިއަބައިމީހުން ޒައިތޫނި ކައިހަދާށެވެ. އަދި އެއިން ތެޔޮހާނައިގެން ބޭނުންކުރާށެވެ! ހަމަކަށަވަރުން އެއީ ބަރަކާތްތެރިވެގެންވާ ގަހަކުން އަންނަ މޭވާއެކެވެ."
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފްގެ ތަފްސީރު ކްލާހުގެ ދަރުސަކުން
ކެއުމަށް އެންމެ ރަނގަޅު، ފައިދާހުރި ތެލަކީ ޒައިތޫނި ތެޔޮކަމަށްވާއިރު ރާއްޖޭގެ ބާޒާރުގައި ޒައިޠޫނި ތެޔޮ ވަރަށް ހެޔޮއަގުގައި ލިބެން އެބަހުއްޓެވެ. އެގޮތުން ފެންވަރު ރަނގަޅު ޕިޔޯ އޮލިވް އޮއިލް އާއި އެކްސްޓްރާ ވާޖިން އޮލިވް އޮއިލް 1 ލިޓަރުގެ ފުޅިއެއް އެންމެ 85 ރުފިޔާއަށްވެސް ލިބެން އެބަހުރިކަން ފާހަގަކުރެވެއެވެ.