ޝައްކެއްނެތެވެ. ރަޙްމަތްތެރިންނަކީ ރަނގަޅު ސާލިޙް ބައެއްކަމުގައިވާނަމަ، މާތްﷲ އެމުޤައްދަސް ގުޅުމުގައި ބަރަކާތް ލައްވާނެއެވެ. އެހެންކަމުން، އިސްލާމްދީނުގައި ރަޙްމަތްތެރިން ކަމުގައި ހެޔޮ ސާލިޚް މީހުން އިޚްތިޔާރު ކުރުމަށް އަންގަވާފައިވެއެވެ. އިންސާނުންނަކީ، އަނެކާގެ ތަބީޢަތުން ވަރަށް އަވަހަށް އަސަރުތައް ލިބިގަންނަ ބައެކެވެ.އެމީހުންގެ އުޅުމާއި އާދަތައް ދަސްކުރާބައެކެވެ.ސާލާމާއި ޞާލަވާތް ލެއްވި ކައުއިތުރު ނަބިއްޔާ ޞައްލައްﷲ ޢަލައިހިވަސައްލަމް ހަދީޘްކުރައްވާފައިވެއެވެ.
(ا لمرء على دين خليله فلينلظر أ حد كم إ لي من يخا لل” (رواه أبو داود “
މާނައީ:"މީހާވަނީ އޭނާގެ ރަޚްމަތްތެރިޔާގެ ދީނުގައެވެ. ފަހެ ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކުވެސް ތިމާއަށް ރަޙްމަތްތެރިކަމުގެ ގުޅުން ޤާއިމް ކުރެވެނީ ކާކާތޯ ބަލާށެވެ."
ރަޚްމަތްތެރިންނަކީ ދީންވެރި ޞާލިޙް ބައެއްކަމުގައި ނުވާނަމަ ތިމާގެ އުޅުމާއި ސުލޫކަށް އެމީހުންގެ ނުބައި އަޚްލާޤާއި އެމީހުންގެ އުޅުމުގެ އަސަރު ކުރުމަކީ ދުރުކަމެއްނޫނެވެ. އެފަދަ ރަޙްމަތްތެރިންގެ ސަބަބުން،ދުނިޔޭގައި ތިމާގެ އިޢްޒަތާއި އަބުރުގެއްލި، އަދި ތިމާގެ އުޚްރަވީ ޙަޔާތްވެސް ބަރުބާދުވެގެން ހިންގައިދެއެވެ.މިއަދު އަޅުގަޑުމެންގެ ތެރޭގައިވެސް އެކުވެރިވެވޭ ބައެއްގެ ސަބަބުން،ކިތައްމީހުންގެ ދިރިއުޅުން ބަރުބާދުވެ، ކިތައްމީހުންގެ ޢާއިލާ ރޫޅިފައި ވޭތޯއެވެ؟
އަދި ރަޙްމަތްތެރިންގެ ސަބަބުން މަސްތުވާތަކެތީގެ ޝިކާރައަކަށްވެ ދުނިޔެއާއި އާޚިރަތް ބަރުބާދުވެފައިވަނީ ކިތައްމީހުންގެ ތޯއެވެ؟ ވާރިދުވެފައިވާ ބަސްފުޅެއްގައިވެއެވެ. "މީހަކާއި ބެހެގޮތުން ސުވާލު ނުކުރާށެވެ! އޭނާގެ އެކުވެރިންނާއި މެދު ސުވާލު ކުރާށެވެ! ކޮންމެ މީހަކުވެސް އަޅައި ބެލޭނީ، އެނާގެ އެކުވެރިޔާގެ މިންގަނޑުންނެވެ. ތިބާ ކޮންމެ ތަނެއްގައި އުޅޭނަމަވެސް، އެތަނުގައިވާ އެންމެ ރަނަގަޅު މީހުން އިޚްތިޔާރު ކުރާށެވެ! ނުބައި މީހަކާ އެކު އުޅޭނަމަ ތިބާވެސްވާނީ އެފަދަ މީހުންގެ ތެރެއިންނެވެ."
- އައްޝައިޚް އަޙްމަދު އަނީލް