"އެމީހަކަށް ކުރެވިފައިވާ ފާފަތައް ގިނަވެ ކަނޑުގެ ފޮނުތަކަށްވުރެ ގިނަވެފައިވީނަމަވެސް އަދި އުޑާއި ހަމައަށް ފޯރާފައިވީނަމަވެސް" އެމީހަކު ތައުބާވެ ފާފަތައް ފުއްސަވައި ދެއްވެވުމަށް އެދުމުން ﷲ ތައާލާ ފާފަތައް ފުއްސަވައި ދެއްވަވާނެތެވެ. އެކަމަށް އެއްވެސް ވަރަކަށް ޝައްކު ވެސް ކުރުމެއް ނެތެވެ.
Prophet Muhammad ﷺ said: Allah said, Even if your sins reached up to the clouds in the sky, I would forgive you. [Hadith Qudsi]
ވިސްނައި ޝުކުރުކުރަންވީ ﷲ ތަޢާލާގެ ދީލަތިވަންތަ ކަމަށެވެ. ޢަފޫ ކުރެއްވެވުމުގައި ހައްދެއް ނެތްކަމާއިމެދުގައެވެ. ހިތްވަރު ލިބިގަނެ ކުރަން އޮތް ކަމަކީ ގިނަގިނައިން ތައުބާވުންމަތީގައި ދެމިހުރުމެވެ.
ނަމަވެސް މި ބަސްފުޅުގެ މާނަ އޮޅުވައި ނުލާށެވެ! ތިމާ ކުރަން ބޭނުންވާ ހުރިހާ ފާފަތަކެއް ކޮށް ނިންމާފައި ތައުބާވާން ހުރުމަކީ މި ބަސްފުޅުގެ މާނައެވެ. ފާފަ ކުރެވުމާއި ފާފަ ކުރުމަކީ ދެކަމެކެވެ. ޤަޞްދުގައި ފާފަތަކަށް އަރައިގަންނަމުން ދިއުމަކީ ހާދަހައިވާ ބިރުހުރި ކަމެކެވެ.
ފަހުން ތައުބާ ވުމުގެ ނިޔަތް ބާއްވައިގެން ހުރެ ފާފަތަކަށް އަރައިގަންނަމުންދާ މީހުން ވިސްނައިލަން ޖެހޭ ކަމަކީ މަރުގެ މަލާއިކަތާ މަރުހިއްޕަވަން ވަޑައިގަންނަވާނެ ވަގުތު ހަމައެކަކަށްވެސް ނުއެނގޭނެ ކަމެވެ. އަދި މަރުގެ މަލާއިކަތާ މަރު ހިއްޕަވަން ވަޑައިގެން އެމީހެއްގެ ލޮލަށް ފެންނަ ހިސާބުން ތައުބާވުމުގެ ދޮރު ބަންދުވެގެންދާ ކަމެވެ.
މީސްތަކުންނޭވެ! މިއީ ވަރަށް ގިނައިން ހަނދުމަކޮށްދެވެމުންދާ ކަމެކެވެ. އެއީ ހަމަ އެކަމުގެ މުހިންމުކަން ބޮޑުކަމުންނެވެ. ތަކުރާރުކޮށް ނަޞޭޙަތްދީ އިލްތިމާސްކުރެވެމުންދާއިރުވެސް އެކަމަށް ދޭން ޖެހޭ ސަމާލުކަން ދެވޭ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން