ވަކިމީހެއް ނޫނެވެ. އެންމެންގެވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ ހިތަށް ހަމަޖެހުން ނުލިބުމެވެ. އެންމެ ނިކަމެތި މީހާވެސް އެންމެ ތަނަވަސް މީހާވެސް ތެޅިފޮޅެނީ ހިތަށް ހަމަޖެހުން ނުލިބިގެންނެވެ.
ހިތަށް ހަމަޖެހުން ލިބުންވަނީ ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމުން، ޛިކުރުކުރުމުންކަން ކީރިތި ޤުރްއާނުން އެނގެން އެބައޮތެވެ. އެންމެ މަތިވެރިވެގެންވާ ޛިކުރަކީ ކީރިތި ޤުރްއާން ކިޔެވުމެވެ. ވީމާ ކޮންމެ ދުވަހަކުވެސް ކީރިތި ޤުރްއާން ކިޔެވުމުން ދުވަސްފަށާށެވެ. އެންމެ އާޔަތެއްގެ މާނަ ނަމަވެސް ދަސްކުރާށެވެ.
ދުވަހުގެ ފުރަތަމަކަމަކީ ކީރިތި ޤުރްއާނާއިއެކު ވަޤުތުކޮޅެއް ހޭދަކުރުން ކަމުގައި ހަދާށެވެ. އެންމެ 10 ވަރަކަށް މިނިޓްއިރަށް ނަމަވެސްމެއެވެ. އަދި އެވަރުވެސް ނުކުރެވޭނަމަ 5 މިނިޓް އިރަށް ނަމަވެސްމެއެވެ.
އެކަމުގެ ސަބަބުން އަންނަ ބަދަލު ދާދިއަވަހަށް ތިބާއަށް ފެންނަން ފަށާނެއެވެ. އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން