ޤަޞްދުގައި ނަމާދުނުކުރާ މީހުންނަކީ މުސްލިމުންނެއް ނޫނެވެ! ރޯދަމަހު ރޯދަހިފަން އުންމީދުކުރާމީހާ ފުރަތަމަކަމަކަށް ނަމާދު ޤާއިމުކުރާ މީހަކަށްވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ޤަޞްދުގައި ނަމާދުނުކުރާ މީހުންނަކީ މުސްލިމުންނެއް ނޫނެވެ! ރޯދަމަހު ރޯދަހިފަން އުންމީދުކުރާމީހާ ފުރަތަމަކަމަކަށް ނަމާދު ޤާއިމުކުރާ މީހަކަށްވާށެވެ!

"ކުރިން ރޯދަ ނުހިފައި ނަމާދުނުކޮށް އުޅުނު މީހަކަށްވެސް ޝަޢްބާންމަހު ސުންނަތް ރޯދަހިފިދާނެއެވެ. ނަމަވެސް ފުރަތަމަކަމަކަށް ޝަހާދަތް ކިޔައި އިސްލާމްވާނީއެވެ. ދެން ކުރިން ކުރެވުނު ކަންތައްތަކަށް ތައުބާވެ ހެޔޮ ޢަމަލުކުރުން ގިނަކުރާނީއެވެ. ކުރިން އޭނާއަކީ ނަމާދުނުކޮށް އުޅުނު މީހަކަށްވީތީވެ އެއިރު ނުހިފާ ދޫކޮށްފައި ހުރި ރޯދަތައް ޤަޟާކުރާކަށް ނުޖެހޭނެއެވެ."

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

ޑރ. އިޔާޟްގެ މިބަސްފުޅުން އެނގެނީ ނަމާދުނުކުރާ މީހަކުނަމަ ފުރަތަމަ ކަމަކަށް އޮތީ ޝަހާދަތްކިޔައި އިސްލާމްވެ ނަމާދުކުރަންފެށުން ކަމެވެ. ރޯދަހިފުން އޮތީއެއިގެފަހުން ކަމެވެ. ނަމާދުނުކޮށް ހުރުމުގެ ފާފައިގެ ބޮޑުކަމެވެ. 

ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މިޙާލަތުން އިސްތިސްނާވާނީ ނަމާދުކުރުމުގެ މުހިންމުކަން ނުއެނގޭ އަލަށް އިސްލާމްވާ މީހުންނެވެ. ކޮންމެ ދުވަހަކުވެސް ފަރުޟު 5 ނަމާދުކުރަންޖެހޭ ކަމާއި އިސްލާމްކަމާއި ކާފިރުކަމާއި ދެމެދުގައިވަނީ ނަމާދު އަލައިފުންކަން އެގޭ މީހުންނަށް ޖެހޭނީ އިސްލާމްވެ ތައުބާވެ ނަމާދުކޮށް ހެޔޮޢަމަލުކުރާ މީހަކަށްވާށެވެ. 

އިމާމް އަޙްމަދު ވިދާޅުވެފައިވަނީ ކަންނެތްކަމުން ނަމާދުނުކުރާ މީހާއަކީ ކާފިރެއް ކަމަށެވެ. 

ގުޅުންހުރި ލިޔުން:

https://islamqa.info/en/answers/5208/neglecting-prayer-out-of-laziness

 

މިއަދު އޮންލައިން