އިބްނު ތައިމިއްޔާގެ ޚުލްޤްފުޅު: ދަސްކުރަންޖެހޭ މުހިންމު ފިލާވަޅުތަކެއް-

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 1ސ
އިބްނު ތައިމިއްޔާގެ ޚުލްޤްފުޅު: ދަސްކުރަންޖެހޭ މުހިންމު ފިލާވަޅުތަކެއް-

ޚުލުޤުފުޅު

ابن تيميَّة رحمه اللّـه އަކީ ވަރަށް ޒުހުދުވެރި ބޭކަލެކެވެ. އެކަލޭގެފާނަށް ޤުރްއާން އުނގަންނަވައިދެއްވި މުދައްރިސު ވިދާޅުވެފައިވެއެވެ. [ ابن تيميَّة ގެ ބަފައިކަލުން އެކަލޭގެފާނު ވަރަށް ކުޑަ އިރު އަހަރެން ގާތު ސާޅީސް ދިރުހަމު ދެއްވައިފައި ވިދާޅުވިއެވެ. އޭނާ ބަރާބަރަށް ޤުރްއާން ކިޔަވަމުން ގެންދާނަމަ ކޮންމެ މަހަކު ސާޅީސް ދިރުހަމު ދެއްވާނެ ކަމަށް ވިދާޅުވާށެވެ. އޭރު އޭނާ އިތުރަށް ފަރުވާތެރިކަމާއެކު ޤުރްއާން ކިޔަވަފާނެއެވެ. ޤުރްއާން ކިޔެވުމަށް އިތުރަށް ހިތްވަރުކޮށްފާނެއެވެ.] 

ابن تيميَّة رحمه اللّـه އަށް އެކަލޭގެފާނުގެ މުދައްރިސު އެ ދިރުހަމުތައް ދެއްވުމުން އެކަން ޤަބޫލުފުޅެއް ނުކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. [އޭ އުސްތާޛުއެވެ. ޤުރްއާން ކިޔެވުމުގެ ބަދަލުގައި އެއްވެސް ފައިސާއެއް ނުނެގުމަށް އަޅުގަނޑު މާތްއަށް ވަޢުދުވީމެވެ.] 

ابن تيميَّة رحمه اللّـه ވަރަށް ބޮޑަށްވަނީ ދުނިޔޭގެ ޒީނަތާއި އޭގެ ހެއްލުންތަކުން ދުރުހެލިވެވަޑައިގެންނެވެ. އެކަލޭގެފާނަކީ ވަރަށް ދީލަތިފުޅު ބޭކަލެކެވެ. އެކަލޭގެފާނުގެ އަތްޕުޅުގައި ހުރި ހުރިހާ އެއްޗެއް ހުސްވެއްޖައުމަށް ދާންދެން އެކަލޭގެފާނު ފަޤީރުންނާއި މިސްކީނުންނަށް ޞަދަޤާތް ކުރައްވާ ހައްދަވައެވެ. 

އެއްދުވަހަކު އެކަލޭގެފާނު މަޖިލިސެއްގައި އިންނަވަނިކޮށް މީހަކު ނިކަމެތި މީހަކު އައެވެ. އޭނާ ހުރީ ބޮލުގައި އޮޅާލާނެ ފަގުޑުއަކަށް ބޭނުންވެފައެވެ. އެކަން ابن تيميَّة رحمه اللّـه އަށް އެނގިވަޑައިގެން ވަގުތުން އެކަލޭގެފާނުގެ އިސްތަށިފުޅުގައިވާ ފަގުޑި ނިއުޅުވައިލައްވައި ދެބައި ކުރައްވައި އެއްބައި އޭނާއަށް ދެއްވިއެވެ. އަނެއްބައި އެކަލޭގެފާނު ބޭނުންފުޅު ކުރެއްވިއެވެ. 

އެކަލޭގެފާނުގެ އަރިހަށް މީހަކު ސުވާލެއް ކުރުމަށް އައިސްފިނަމަ އެކަލޭގެފާނު އެމީހަކާ ބައްދަލު ކުރައްވަނީ އުފާވެރި މޫނަކާއިގެންނެވެ. އޭނާ އެ ސުވާލުކޮށް ނިމިގެން ތެދުވެގެން އެނބުރި ދަންދެން އެއްވެސް ފޫހިފުޅުކަމެއްނެތި ހުންނަވައެވެ. މިކަމުގައި އަންހެނެއް ފިރިހެނެއް، ކުޑަކުއްޖެއް ޒުވާނެއް، ފަޤީރެއް ނިކަމެއްޗެއް އިސްތިސްނާއެއް ނުކުރައްވައެވެ. 

- ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް

 

މިއަދު އޮންލައިން