ރަސޫލާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމައަށާއި އެކަލޭގެފާނުގެ އާލު އަޞްހާބުންނަށާއި އަދި ގިޔާމަތް ދުވަހާއި ޖެހެންދެން އީމާންވި އަދި ވާނެ އެންމެހާ މީސްތަކުންނަށް ސަލާމާއި ޞަލަވާތް ލައްވާށިއެވެ. އާމީން
ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.: ”ތިމަންކަލޭގެފާނުގެ މައްޗަށް އެއްފަހަރު ޞަލަވާތް ކިޔައިފި މީހަކަށް މާތް ﷲ ދިހަފަހަރު އެމީހަކަށް ޞަލަވާތް ލައްވާނެއެވެ."
އެންމެ މޮޅު އިތުރުވެގެންވާ ޞަލަވާތަކީ އިބްރާހިމީ ޞަލަވާތެވެ. އެއީ:
” اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَآلِ مُحَمَّدٍ، كَمَا صَلَّيْتَ عَلَى آلِ إِبْرَاهِيمَ،إِنَّكَ حَمِيدٌ مَجِيدٌ، اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَآلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ "
(އައް ނަސާއީ)
- އައްޝައިޚު ޢަބްދުއްރަޙީމް ބިން މުޙައްމަދު
ހަވާލާ: އައް ލުއު ލުއު ވަލް މަންޘޫރު