އަނބިމީހާއަށް ހެޔޮކޮށް ހިތުމާ އަނބިދަށުވުމާ އޮޅުވާލައި ހެޔޮލަފާ ފިރިންގެ ފަހަތުން ދުވާތީ ކަނބަލުން ތެދުވަން ފަށައިފި-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
އަނބިމީހާއަށް ހެޔޮކޮށް ހިތުމާ އަނބިދަށުވުމާ އޮޅުވާލައި ހެޔޮލަފާ ފިރިންގެ ފަހަތުން ދުވާތީ ކަނބަލުން ތެދުވަން ފަށައިފި-

އަނބިދަށުވުމާ ފިރިމަތިވުމާ ސުންނަތާއިއ އެއްގޮތަށް އަނބިންނަށް ހެޔޮކޮށް ހިތުމާށއި މިފަދަ ކަންކަން މިހާރަކަށް އައިސް ދަނީ ވަރަށް ބޮޑަށް އޮޅުވާލެވެމުންނެވެ. 

"ކައިގެން ތަށި ދޮވުނީމަ މައިދައިތަ ގޮސް ޖޯލި ފަތީގައި މިކިޔަނީ އަހަރެންގޯތި މުހައްމަދު އިނީ ކަންނެތް އަންހެނަކާއޭ.. ކައިފައި ތަށިވެސް ދޮންނަނީ މުޙައްމަދު އަމިއްލަ އަށޭ.

މެޝިނުންދޮވެފަ ނަގާ އަންނައުނު ފިރިމީހާ ހިއްކަން އަޅަން ހުއްޓަ ފެނުނީމަ އަލީ ދާ ބާރު މިނުގައި ގޮސް ހޮޓަލުގައި މިކިޔަނީ ހަސަން އެބަހުއްޓޭ އެއްޗެހި ހިއްކަން އަޅަން. އަނބިމީހާ ދެކެ ބިރުގަންނަ ފިރިހެނެކޭ.

އަހުމަދު ރޭގަނޑު ކުޅެން ނުދިޔައީމަ އަނެއް ދުވަހު ފެންނަ އިރަށް އެންމެން މިކިޔަނީ ކަލޯ އަހުމަދާ ރޭގަނޑު އަނބިގޮއްޔެ ބިއްދަށުގަދޯއޭ އޮންނަންޖެހެނީ...

ދޮންބެ ދަރި ފެންވަރުވާ ކާންދީ ރީތި ކުރާތީ އަންހެން ކޮއްކޮ އެންމެން ކައިރި މިކޔަނީ ދޮންބެ ފަކީރު ވަރަށް ހާލުގައޭ އުޅެނީ ..ދަރިން ފެންވަރުވާ ކާންދޭން ޖެހެނީ ދޮންބެ އަށޭ.

ކިހިނެއްތޯ މިވަރުން ޒިންމާދާރު ބަފައެއް އޯގާތެރި ފިރިއެއް ..ފެންނާނީ.. "

މިއީ ކަނބަލަކު އޭނާގެ ފޭސްބުކުގައި ލިޔމުން ސޯޝަލް މީޑިއާގައި ގިނަ ބައަކު ބަލައިގެންފައިވާ ޕޯސްޓެކެވެ. ޕޯސްޓަގައި ފާހަގަކޮށްފައި އެވަނީ ހަމަ މުޖުތަމައުގައި ހުރި މައްސަލަތަކެވެ. ފަރުޟު 5 ނަމާދަށް ބަންގީގެ ކުރިން މިސްކިތަށް ދާނަމަ އެއީ ހަރުކަށިފިކުރުގެ މީހެއްގެ ގޮތަށް ލޭބަލްކޮށް އެމީހާ ފަހަތުން މަޑުކަށިފިކުރު (ﷲ އާ ދެކޮޅު ފިކުރު) މީހުން ދުވާފަދައިން އަނބިންނަށް ޚިދުމަތް ކުރުމުގައި ސުންނަތާއި އެއްގޮތަށް ޢަމަލުކުރާނަމަ އެއީ އަނބިދަށުވުން ކަމަށް ބަލައި ފުރައްސާރަކުރުން ހުއްޓުވަން މަސައްކަތްކުރަން ޖެހެއެވެ.

މިއަދު އޮންލައިން