ހުކުރުވިލޭރޭ ޖަމާއަތުގަ ކުރާ ފަތިސްނަމާދު ދޫކޮށްލަން ހެޔޮނުވާނެ ބައެއް ސަބަބުތައް-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
ހުކުރުވިލޭރޭ ޖަމާއަތުގަ ކުރާ ފަތިސްނަމާދު ދޫކޮށްލަން ހެޔޮނުވާނެ ބައެއް ސަބަބުތައް-!

ކޮންމެ ނަމާދަކީވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ ނަމާދެކެވެ. އެހެންކަމާއިއެކުވެސް ހުކުރުވިލޭރޭ ޖަމާޢަތުގައި ކުރާ ފަތިސްނަމާދަކީ އެންމެ ޚާއްޞަ ނަމާދެވެ. އެހެނީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑުވެގެންވާ ނަމާދަކީއެއީއެވެ. 

ފަތިސްނަމާދަކީ ވަރަށް ގިނަ ގޮތްގޮތުން ޚާއްޞަވެގެންވާ ނަމާދެކެވެ. އެހެނީ ފަތިސްނަމާދުން ދުވަސްފަށާ މީހާ ދުވަސް އެފަށަނީ ﷲ ތަޢާލާއަށް ކިޔަމަންތެރިވެ އެކަލާނގެ އެންގެވި ގޮތުގައެވެ. އޭނާގެ އަރާމު ނިދި ޤުރްބާންކޮށްލައިފައެވެ. 

ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައި ދުވަސްފެށުމުން އެމީހަކަށް ރިޒްޤް އިތުރުކުރައްވަވާނެތެވެ. އެމީހާ އެދުވަހު ކުރަންހުރި މަސައްކަތްތައް ކުރަން ފަސޭހަވެ ކާމިޔާބީ އިތުރުކުރައްވަވާނެތެވެ. އިން ޝާ ﷲ 

އަދިވެސް ހަނދާންކޮށްލުން ރަނގަޅެވެ. އެނަމާދަކީ ދުނިޔެއާއި ދުނިޔޭގައިވާހައި އެއްޗަކަށްވުރެ ﷲ ތަޢާލާގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑުވެގްންވާ ފަތިސްނަމާދުގެ އިހުސުންނަތުގެ 2 ރަކްއަތްވެސް ގުޅިފައިވަނީ ފަތިސްނަމާދާއިއެވެ. ވީމާ ފަތިސްނަމާދަށް ބަންގިގޮވާއިއރު މިސްކިތުގައި ހުރުމަކީ ހަމަކޮންމެހެންވެސް ކުރަންޖެހޭނެ ކަމެކެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

عن ابْنَ عُمَرَ قَالَ قَالَ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِنَّ أَفْضَلَ الصَّلَوَاتِ عِنْدَ اللَّهِ صَلاةُ الصُّبْحِ يَوْمَ الْجُمُعَةِ فِي جَمَاعَةٍ

Ibn Umar reported: The Messenger of Allah, peace and blessings be upon him, said, 

“Verily, the best of prayers to Allah is the dawn prayer in congregation on Friday.”

Source: Shu’ab al-Imān 2790

Grade: Sahih (authentic) according to Al-Albani

މިއަދު އޮންލައިން