"މަންމައަކު ނިޔާވެއްޖެ ޙަބަރު އަޑުއިވުމުން ފުރަތަމަވެސް ބަލާލެވެނީ ކުދިންގެ އުމުރެވެ.
މަންމައާއި ނުލައިތުއްތު ފުރާނަ އުޅޭނީ ކިހިނެއްހެއްޔެވެ. އާއިލާ މީހުން ރަނގަޅުވާނެބާއެވެ. މަންމަ ނެތުމުން ހާދަ ދެރަވާނެއެވެ.
އެއާއިއެކު ހަނދުމަވަނީ ﷲގެ ނިޔާފުޅެވެ. ކޮންމެ ނަފްސެއްމެ މަރުގެ ރަހަ ދެކޭނެތެވެ. ދުރުތިބީންނަށް އިބުރަތެކެވެ. ލޯބިވާ މީހުންނަށް އިމްތިޙާނެކެވެ.
ނަމަވެސް ފަސްދާނުލުމަށްފަހު ކުރިއަށް އަޅާ ކޮންމެ ފިޔަވަޅަކާއިއެކު ކަފުނުގައިވާ މައްޔިތާ މަތިން ދިރިތިބީން ހަނދާން ނެތޭނެއެވެ.
ހަމައެކަނި އެއްކަލަ ތުއްތު ފުރާނަތައް ފިޔަވަ އެވެ. ޒަމާންވެ ދިޔަސް އެކުދިންގެ ދުލުން ބުނާނެއެވެ. މަންމައެވެ. މަންމައެވެ. ހާދަބޭނުންވެއެވެ.
ޔާﷲ! މައިމީހާ އާއި ވަކިވެފައިވާ ތުއްތު ފުރާނަތަކަށް ރައްކާތެރިކަން ދެއްވާ މަންމަފަދައިން ލޯބިވާނެ އޯގާތެރިވާނެ ބަޔަކު އެކުދިންނަށްޓަކައި ލައްވާށިއެވެ. އާމީން."
މިއީ އުޚުތަކު ސޯޝަލް މީޑިއާގައި ހާމަކޮށްފައިވާ އޭނާގެ އިޙްޞާޞްތަކެވެ. ނުވަތަ ޝުޢޫރުތަކެވެ. އޭނާގެ މެސެޖް ވަރަށް ސާފެވެ. އަންހެނަކު ވަޅުލުމާއި މައިމީހާ ވަޅުލުމާއި އެއީ ހާސްބައި ތަފާތު ދެކަމެކެވެ. ވަޅުލެވުނު އަންހެން މީހާމަތިން ހަނދާންނައްތައިލެވިދާނެއެވެ. ނަމަވެސް ވަޅުލެވުނަސް، ވަޅުލެވި ކިތަންމެ އަހަރެއް ފާއިތުވިނަމަވެސް ދަރިން މަންމައަށް އެދުމެއް ނުހުއްޓޭނެއެވެ.
Credit :Ix Xaara