އަޅުގަނޑު ހުރީ 30 ދުވަސްވަންދެން ކޮންމެ ދުވަހަކުވެސް ހެނދުނު ވަކިތަނަކަށްދާން ﷲ ގަންދީ ހުވާކޮށްގެންނެވެ. އެކަން ކުރަމުން ދަނިކޮށް އެއް ދުވަހަކު ވަރަށް ގަދައަށް ވިއްސާރަވުމުގެ ސަބަބުން އަޅުގަނޑަކަށް ނުދެވެއެވެ. އެއީ އެހައި ވިއްއްސާރަގަދައިރު ބާރަށް ހިނގައްޖެނަމަ މަންމަ ވަރަށް ބޮޑަށް ކަންބޮޑުވާނެތީއެވެ. މިހާލަތުގައި އެދުވަހުގެ އެވަގުތުގައި ނުދެވުމުން އަޅުގަނޑު ހުވާ އުވާލިކަމަށްވާނެ ހެއްޔެވެ؟ އަޅުގަނޑޫ އަމަލުކުރަންޖެހޭނީ ކޮން ގޮތަކަށްތޯއެވެ؟
- ޖަވާބު: ކޯޓުލައިގެންވެސް މީހުން ތަންތަނަށް ގޮސްއުޅޭނަމަ ދާންވާނެއެވެ. ކާރުގައި ދަތުރުކުރާނަމަވެސް ދާންވާނެއެވެ. އެއްވެސް ގޮތަކުން މަގުމައްޗަށް ނުނުކުމެވެނީ ނަމަ ގޭގައި މަޑުކުރުމަށްފަހު ނުކުމެވޭވަރުވުމުން ފުރަތަމަ ކަމަކަށް ހުވާއަށް ޢަމަލުކުރާނީއެވެ.
ތިމާގެ އަމިއްލަ ބާރު ނުހިނގާ ޤުދްރަތީކަމެއް ދިމާވެގެން ކަމެއް ނުކުރެވުމަކުން ފާފަވެރިއެއް ނުވާނެއެވެ. އޮންނާނީ ދިމާވި ސަބަބު ފިލައިދިއުމުން ވީހާއަވަހަކަށް އެކަމެއް ކުރުމެވެ.
- ޖަވާބު ދެއްވީ: ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު