ޢާއިލީ ގުޅުން ދަހައްޓަން މިމަގުން މަސައްކަތްކުރާނަމަ ކާމިޔާބުކުރެވޭނެ! އިން ޝާ ﷲ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ޢާއިލީ ގުޅުން ދަހައްޓަން މިމަގުން މަސައްކަތްކުރާނަމަ ކާމިޔާބުކުރެވޭނެ! އިން ޝާ ﷲ: މުފްތީ މެންކް

ބައެއް މީހުން ބުނެއެވެ. "އަހަރެންގެ އަޚުންނާއި އުޚުތުންނަށް އަހަރެން ކަންކަން ކުރަނީ ވަރަށް ރަނގަޅަށެވެ. އެމީހުން އަހަރެންނަށް ރަނގަޅަށް ކަންކަން ކުރާނަމަ އަހަރެންވެސް ކަންކަން ކުރަނީ ވަރަށް ރަނގަޅަށެވެ. އަޅައިނުލާނަމަ އަޅައެއް ނުލަމެވެ."

ލޮބުވެތި އަޚުންނާ އުޚުތުންނޭވެ! ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ އެއީއެއް ނޫނެވެ. އަނެކާ ނުރުހި ހުރިނަމަ ޢޭނާގެ ގާތަށް ތިބާދާށެވެ! ދެމީހުންގެ މެދުގައި އޮތް މައްސަލަ ޙައްލުކުރަން މަޝްވަރާކުރާށެވެ. އަނެކާ އެކަން ޤަބޫލުނުކޮށްފިނަމަ އެއީވެސް މައްސަލައެއް ނޫނެވެ. ތިބާގެ ވާޖިބު އަދާކުރުމުން ތިބާއަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެއެވެ. ނުލިބޭނީ އެކަން ބަލައި ނުގަތް މީހާއަށެވެ. 

މިއީ ޞަޙީޙް ޙަދީޘްފުޅުތަކުން އެގެންހުރި ކަންކަމެވެ. ވީމާ ރަޙިމުގެ ގުޅުން ދަމަހައްޓަން އިސްނަގާ މީހަކަށްވާށެވެ! އިސްނެގަ ޟީހަކަށް ދެއްވަވާ ޘަވާބާއި ދަރުމަ އެތައް ގުނައަކަށް އިތުރުކުރައްވަވާނެއެވެ. އިން ޝާ ﷲ  

މީސްތަކުންނޭވެ! ގިނަ ބައަކު އެއްފުރާޅެއްގެ ދަށުގައި ދިރިއުޅޭނަމަ ޖެހޭ މައްސަލަތައް ގިނަވާނެއެވެ. މައްސަލަތައް ނުޖެހިއެއް ނުދާނެއެވެ. ބޭނުންވަނީ ޖެހޭ މައްސަލަތައް ޙައްލުކުރާނެ ގޮތުގެ ވިސްނުމެވެ. އަނެކާއަށް މާފުކުރުމުގެ ކުޅަދާނަކަން ލިބިގެންވާ ބޮޑު ހިތެކެވެ.  

ޢާއިލާއަށް ތަނަވަސްކަން ބޭނުންވާނެއެވެ. ނަމަވެސް އެންމެ މުހިންމީ އެންމެ ތަނަވަސްކަންބޮޑު މީހާއެއް ނޫނެވެ. އެންމެ މުހިންމީ އެކުވެރިކަމާއިއެކު ޢާއިލީ ގުޅުން ބަދަހިކުރަން މަސައްކަތްކުރާ މީހާއެވެ. ސަބަބަކީ ޢާއިލާއަށް ކުރިއެރުން ލިބޭނީ ޢާއިލީ ގުޅުން ބަދަހިކުރެވުނު ވަރަކުންނެވެ.

އަދިވެސް އެއްކަމެއް ފާހަގަކޮށްލާނަމެވެ. ޢާއިލާގެ ތެރޭގައި މައްސަލައެއް ޖެހިއްޖެނަމަ ގޯސްކޮށް ކަންކަން ކުރީ،  ނުވަތަ ކުށްކުރީ އެންމެ ތަނަވަސް މީހާކަމަސްވީތީ ނުވަތަ އެންމެ ނުފޫޒުގަދަ މީހާކަމަށްވީތީ އޭނާގެ ކޮޅަށް ނުޖެހޭށެވެ. އޭނާގެ ކޮޅަށް ބުރަނުވާށެވެ! އިންޞާފަށް ލޯބިކުރާށެވެ. ޢަދުލުވެރިވާށެވެ!  

ކުށްކުރީ ކޮންމެ މީހަކު ނަމަވެސް އެމީހަކަށް އަދަބުވެރިކަމާއިއެކު ބުނާށެވެ! "ތިބާ ކުށްކޮށްފީމުއެވެ. އެކަން ތަކުރާރުނުކުރާށެވެ! އަދި ކުރެވުނުކުށަށް މާފަށް އެދޭށެވެ!" އެމީހާއަށް ވިސްނޭނީވެސް އެއިރުންނެވެ. ނޫންނަމަ ކުށްކުރި މީހާގެ ކޮޅަށް ތާއީދުކުރާނަމަ އޭނާއަށް ކުށްކުރެވޭކަން ދުވަހަކުވެސް ޤަބޫލެއް ނުކުރެވޭނެއެވެ! 

ތިމާއަށްވުރެ މަތީ މީހުންގެ ގާތުގައި ޙައްޤުބަސް ބުނުމަކީ އެންމެ މަތިވެރިޖިހާދެއް ކަމުގައި ﷲ ތަޢާލާ ލައްވަވާފައިވަނީ އެ ސަބަބަށްޓަކައެވެ.  

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން