ދަހި މީހުންނަށް ﷲ ކަންކަން ދަތިކުރައްވަވާނެ! ވެއްޓޭނީ ނަރަކައަށް!- ޤުރްއާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ދަހި މީހުންނަށް ﷲ ކަންކަން ދަތިކުރައްވަވާނެ! ވެއްޓޭނީ ނަރަކައަށް!- ޤުރްއާން

ދަހި މީހުން ދަނީ ގިނަވަމުންނެވެ. ފަޤީރަކު ކަމަކު އެދިގެން އަތުވެއްޖެނަމަ އެމީހެއްގެ ބުރަކަށީގައި އަތްއަޅައި ކޮއްޕާ ދުރައްލާ މީހުން ގިނަވެއްޖެއެވެ. އިންސާނެއްގެ ފުރާނަ ސަލާމަތްކުރަން ބޭނުންވާ ބޭސްފަރުވާއަށް އެދިގެން ސަލާންޖަހަން ދިއަނަމަވެސްމެއެވެ. އަސާސީ ބޭނުމެއް ނުފުއްދިގެން ދިއަނަމަވެސްމެއެވެ.

ތިމާއަށް ﷲ ތަޢާލާ ދެއްވެވި ތަނަވަސްކަން ތިމާގެ ކިބައިގައި ހުރެމެ، ނެތްކަމަށް ބުނެ ދޮގުހަދަން ޖެހިލުމެއްނުވެއެވެ. އެ ބުނާ ދޮގު ބަސްތައް ﷲ ތަޢާލާ އައްސަވައި ވޮޑިގެންވާކަންވެސް އެމީހުންގެ ހަނދާނަކު ނުހުރެއެވެ.  

ﷲ ތަޢާލާގެ ވަޙީ ބަސްފުޅު ބަލައި ކިޔާށެވެ!

"އަދި ދަހިވެތިވެ، ﷲ ފިޔަވައި އަމިއްލަޔަށް ފުދިގެންކަމަށްހީކޮށް، އަދި އެންމެ ހެޔޮބަސް ދޮގުކުރިމީހާ ދަންނާށެވެ!"

"ފަހެ، ތިމަންރަސްކަލާނގެ ދަތިކަންހުރި މަގަށް އެމީހަކަށް މަގު ފަހިކޮށްދެއްވާ ހުށީމެވެ."

"އަދި އެމީހާ ( ނަރަކަޔަށް ) ވެއްޓޭހިނދު، އެމީހާގެ މުދާ އެމީހާޔަށް އެއްވެސްކަމެއް ފުއްދައެއް ނުދޭނެތެވެ."

(އައްލައިލް: 9،10،11) 

ދެން ބަލާލަންވީ ﷲ ތަޢާލާ ދެއްވެވި ތަކެތިން ހޭދަކުރާ މީހުންނަށް ދެއްވަވާ ރަޙްމަތަށެވެ.  

" ފަހެ) މުދަލުން (ހޭދަކޮށް) ﷲ އަށް (ތަޤްވާވެރިވެ، އަދި އެންމެ ހެޔޮބަސް ތެދުކުރިމީހާ ދަންނާށެވެ!"

" ފަހެ، ތިމަންރަސްކަލާނގެ ފަސޭހަކަން ހުރިމަގަށް އެމީހަކަށް މަގު ފަހިކޮށްދެއްވާ ހުށީމެވެ" . 

މީސްތަކުންނޭވެ! ދީލަތިވާށެވެ! ތިބާގެ އަތުގައިވާ ތަނަވަސްކަމަކީ އެއްވެސް ޙާލެއްގައި ތިބާގެ މިލްކެއް ނޫނެވެ. އެއީ ހަމަ ދާދި ކުޑަކުޑަ ހިނދުކޮޅަށް ތިބާ އާއި ޙަވާލުކުރައްވަވާފައިވާ ﷲ ތަޢާލާގެ އަމާނާތެކެވެ. އަމާނާތަށް ތެދުވެރިވެ އެއިގެ ޙައްޤުވެރިންނަށް އަދާކުރުމުން ތިބާއަށް ލައްވަވާނެ ރަޙްމަތާއި އަދި ޚިޔާނާތްތެރިވުމް ދެއްވަވާނެ ޢަޛާބުވެސް މިއޮތީ ހާމައަށް ފެންނާށެވެ!  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން