ޝައިޠޯނާއަށް އެންމެ ބޮޑަށް އަޅުވެތިވެފައި ތިބި މީހުން-: ޝައިޚް އަބޫބަކުރު ޒައުދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ޝައިޠޯނާއަށް އެންމެ ބޮޑަށް އަޅުވެތިވެފައި ތިބި މީހުން-: ޝައިޚް އަބޫބަކުރު ޒައުދު

އާދަމްގެފާނާއި ޙައްވާގެފާނުގެ ސިޔަރަތަށް ބަލައިފިނަމަ ﷲ ތަޢާލާ އެގަހަކުން ފަރިއްކުޅުއްވެވުން މަނާ ކުރެއްވެވި ގަހުގެ މޭވާ ދެކަނބަލުންނަށް ފަރިއްކުޅުއްވެވެން ފެށްޓެވުމާއިއެކު ﷲ ތަޢާލާ އެދެކަނބަލުންނަށް އެކަން އަނަގަވައިދެއްވަވައިފިއެވެ. ދެކަނަބަލުންގެ އަޢުރަ ކަޝްފުވެއްޖެއެވެ. މިކުރެއްވެވެނީ ﷲ ތަޢާލާ ނަހީކުރެއްވެވިކަމެއްކަން ވަގުތުން ވިސްނިވަޑައިގެންފިއެވެ. އަދި ފަރިއްކުޅުއްވެވުން ވަގުތުން ހުއްޓަވާ ލައްވަވައިފިއެވެ.  

މިއަދު ކަންކަން ވަމުން މިދާގޮތަކީ އެކަލާނގެ ނަހީކުރެއްވެވި ކަންކަން ކުރިނަމަވެސް އެކަމަށް ޢުޤޫބާތް ނުދެއްވަވައި ލަސްކުރައްވަވަނީއެވެ. އެއީ އެކަން މީސްތަކުންނަށް ވިސްނި ތައުބާވުމަށް ދެއްވަވާ ފުރުޞަތެކެވެ.  

ނިކަން ބަލައިލަބަލާށެވެ! އެއްޖިންސުން ގުޅުން ހިންގުމަކީ ކޮންފަދަ ބޮޑު ފާފައެއް ހެއްޔެވެ؟ އެކަން ކުރުމުން ޤައުމެއްވަނީ ބަންޑުން ޖައްސަވައިފައެވެ. ނަމަވެސް މިއަދު އެބާވަތުގެ ބޮޑެތި ޢުޤޫބާތްތައް ވަޤުތުން ނުދެއްވަވާތީ ބައަކަށް ޤަބޫލުކުރެވިގެން މިއުޅެނީ އެއީ ކުރެވޭ ފާފައެއްވެސް ނޫން ކަމަށެވެ. އަދި މިނޫންވެސް ބޮޑެތި ފާފަތައް ކުރެވެމުން މިދަނީ އެއީ ނަހީކުރެއްވެވި ކަމެއްކަމަށް ޤަބޫލުވެސް ނުކުރެވޭ ޙާލަތުގައެވެ.  

މީސްތަކުންނޭވެ! ޝައިޠޯނާއަށް އެންމެ ބޮޑަށް އަޅުވެތިވެފައި ތިބި ބައަކީ ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކަންކަން އެއީ ހުއްދަކަމަށް ހަދައިގެން އުޅޭ މީހުންނެވެ. އެކަމަށް މަގުފަހިވާ ގޮތަށް ޤާނޫނުތައް ހަދާ މީހުންނެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅު އޮޅުވާލައި އަދި މީސްތަކުންނަށް އޮޅުވާލަން މަސައްކަތްކުރާ މީހުންނެވެ. އެއީ ހަމަ ކަނޑައެޅިގެން ލޮލަށް ފެންނަން ތިބި ޝައިޠޯނާގެ އެޖެންޓުންނެވެ. އެމީހުން ބުނާ އެއްވެސް ވާހަކައެއް ޤަބޫލުކޮށްގެން ނުވާނެ ތަނުގައި އަޑުއަހަންވެސް ހެޔޮނުވާނެއެވެ!  

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން