އިސްލާމް ދީނަކީ ޞުލްޙައިގެ ދީންކަމަށް އޮތް ބަހުގެ މާނައަކީ ކާފިރުން ކުރާހާ ކަމަކަށް ރުހި ބުނާހާ ގޮތަކަށް އެއްބަސްވެގެން ތިބުމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
އިސްލާމް ދީނަކީ ޞުލްޙައިގެ ދީންކަމަށް އޮތް ބަހުގެ މާނައަކީ ކާފިރުން ކުރާހާ ކަމަކަށް ރުހި ބުނާހާ ގޮތަކަށް އެއްބަސްވެގެން ތިބުމެއް ނޫން!

މުސްލިމުންގެ ޙައްޤުތައް ނިގުޅައިގަންނަމުން ގެންދާ މައްސަލަތަކުގައި އިސްލާމް ދީނުގެ ދިފާޢުގައި ބަހެއް ބުނެފިނަމަ އެއް ބައަކު މިބުނަނީ އިސްލާމް ދީނަކީ ޞުލްޙައިގެ ދީންކަމަށެވެ. އެމޭރުމުން ބުނާ މީހުންނަށް ވިސްނިފައި އޮންނަނީ އިސްލާމް ދީނަކީ ޞުލްޙައިގެ ދީންކަމަށް އޮތް ބަސްފުޅުގެ މާނައަކީ އިސްލާމް ދީނުގެ ދިފާއިގައި އެއްވެސް ކަމެއްކޮށްގެންވެސް އަދި ބަހެއް ބުނެގެންވެސް ނުވާނެ ކަމަށެވެ. އެއިން ކަމެއް ކޮށްފިނަމަ މުސްލިމުން ވާނީ ޞުލްޙަ ނަގައިލާ ބައަކަށް ކަމަށެވެ. 

ނަމަވެސް މިއީ އެއްވެސް ޙާލެއްގައި ރަނގަޅު ވިސްނުމެއް ނޫނެވެ. ﷲ ތަޢާލާ ވަނީ އިސްލާމް ދީނުގެ ޙިމާޔަތުގައި ޖިހާދުކުރަންވެސް އަންގަވައިފައެވެ. އަދި ކާފިރުންނާއި އެކުވެރިވެގެން އުޅުން ހުއްދަކުރައްވަވާފައި އޮތީވެސް އެމީހުން މުސްލިމުންގެ ދީނަށް އިޙްތިރާމްކުރާނަމައެވެ. އިސްލާމް ދީނުގައި އޮތް މަގުން ޢަމަލުކުރަން މުސްލިމުންނަށް ހުރަސް ނުއަޅާނަމައެވެ.

ﷲ ތަޢާލާ ބާވައިލައްވަވާފައިވާ ޙުކުމްފުޅުތަކަށް ޢަމަލުކުރަން ހުރަސްއަޅާނަމަ އެބައަކާއި އެކުވެރިކަން ބޭއްވުމެއް ނެތެވެ. އެހެނީ އެކަންވާނީ ﷲ ތަޢާލާ އާއި ދެކޮޅަށް ކުރާކަމަކަށެވެ. ﷲ ތަޢާލާ ބާވައިލެއްވެވި ޙުކުމްފުޅުތަކަށް ޢަމަލުނުކޮށް ކާފިރުންނަށް ތިބެވިދާނެއެވެ. ނަމަވެސް ﷲ ތަޢާލާ ބާވައިލެއްވެވި ޙުކުމްފުޅުތަކަށް މުސްލިމުން ޢަމަލުކުރުމާ ދެކޮޅު ހެދިގެން ނުވާނެއެވެ. ދެކޮޅުހަދާނަމަ އެބައަކާއި ދެކޮޅަށް ތެދުވުމަކީ މުސްލިމުންގެ މައްޗަށް އޮތް ވާޖިބެކެވެ. އެފަދަ ކަންކަމާއި ދެކޮޅަށް މުސްލިމް އުންމަތް އެކުގައި ތެދުވވަން ޖެހޭނެއެވެ. ނުތެދުވާނަމަ ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ޙައްޤު އަދާކުރިކަމަކަށް ނުވާނެއެވެ.

- ޑރ. އިޔާދް ޤުނައިބީ 

ކަން އޮތީ މިފަދައިން ކަމުގައިވާއިރު ހައްދުފަހަނައަޅާފައިވާ އިޒްރޭލާއި ހައްދުފަހަނައަޅާފައިވާ އިންޑީއާއިން މުސްލިމުންގެ ޙައްޤުތަކަށް އަރައިގަންނަމުންދާއިރު އެކަންކަމާއި ދެކޮޅަށް މުސްލިމް އުންމަތް އެކުގައި ނުތެދުވެ ތިބެން ހެޔޮވެދާނެހެއްޔެވެ؟ އެއީ ހެޔޮއެދޭ މިތުރުންކަމަށް ބަލަން މުސްލިމުންނަށް ހުއްދަވާނެ ހެއްޔެވެ؟

 

 

މިއަދު އޮންލައިން