ގެއިން ނުކުމެފައި އެނބުރި އަންނައިރު އީމާންކަން ކުޑަވެފަ ހުންނަ ސަބަބު-: ޝައިޚް އަބޫބަކުރު ޒައުދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ގެއިން ނުކުމެފައި އެނބުރި އަންނައިރު އީމާންކަން ކުޑަވެފަ ހުންނަ ސަބަބު-: ޝައިޚް އަބޫބަކުރު ޒައުދު

ޢާންމު ޙާލަތަށް ބަލައިފިނަމަ ގެއިން ބޭރަށް ނުކުމެފައި އެނބުރި އައިސް ގެއަށް ވަދެވޭއިރު ގިނަ ބައެއްގެ އީމާންކަން ކުޑަވެއެވެ. އެއީ ކީއްވެގެންކަން އެނގޭ ހެއްޔެވެ؟ މިކަން މިހެން މެދުވެރިވާ ސަބަބާއިމެދު ވިސްނައިލަމާ ހިނގާށެވެ!  

މިގޮތް މެދުވެރިވާ މައިގަނޑު ސަބަބަކީ ގެއިން ނުކުންނަމުން ކިޔަންޖެހޭ ޛިކުރުތައް ނުކިޔޭ ކަމެވެ. އެހެންވީމާ މިވާގޮތަކީ ޝައިޠޯނާއަށް އެމީހާގެ މައްޗަށް ބާރު ހިންގަން ފަސޭހަވަނީއެވެ. ޝައިޠޯނާއަށް އަޅުވެތިވެގެން ތިބޭ މީހުންނަށާއި އެމީހުން ކުރާ ކަންކަމަށާއި ލައިގެން ތިބޭ ފޭރާމަށް ބެލެނީއެވެ. އަދި އެއީ ރަނގަޅު ގޮތާއި ރަނގަޅު ކަންކަން ކަމުގައި ޤަބޫލުކުރެވެނީއެވެ.  

ޝައިޠޯނާގެ މަޅީގައި ނުޖެހުމަށް ޤުރްއާނުގައި އެހާ ގިނައިން އަންގަވާފައިވަނީ އެސަބަބަށްޓަކައެވެ. ކޮންމެ ނުބައި ކަމެއްވެސް ޝައިޠޯނާ ދައްކާނީ ރަނގަޅު ފައިދާހުރި ކަމެއް ކަމުގައެވެ. ދެން މީސްތަކުންނަށް އެއީ ރަނގަޅު ކަމެއް ކަމުގައި ޤަބޫލުކުރެވެނީއެވެ.  

މިސާލަކަށް ބަނގުރަލާއި މަސްތުވާތަކެތި ބޭނުންކުރާ މީހުން ބުނާނީ އެކަންކުރުމުން ހިތްހަމަޖެހުން ލިބޭކަމަށެވެ. ނަމަވެސް ޙަޤީޤަތަކީ އެއްވެސް ހިތްހަމަޖެހުމެއް ނުލިބޭނެއެވެ. ލިބޭނީ އިތުރު ގެއްލުމާއި އަނިޔާއެވެ. ގެއްލުމާއި ހަލާކެވެ.  

މިފަދަ ހުރިހާ ނުބައި ކަންކަމުން ސަލާމަތްވެވޭނީ ގިނަގިނައިން ﷲ ތަޢާލާ ހަނދުމަކުރުމުންނެވެ. ގެއިން ނުކުންނައިރު ކިޔަންޖެހޭ ޛިކުރުތައް ކިޔުމުންނެވެ. އަދި ގިނަގިނައިން ﷲ ތަޢާލާ ހަނދުމަކުރުމުންނެވެ. ގިނަގިނައިން ﷲ ތަޢާލާގެމަތިން ހނދުމަކުރާ މީހަކާ ޝައިޠޯނާއަށް ވައިވެސް ނޭޅެވޭނެއެވެ. އިން ޝާ ﷲ  

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން