އަނބިމީހާއާއެކު ނިދަން ނޯށޯންނަ މީހުން ހެނދުނު ތެދުވެ އަނބިމީހާގެ ކުށް ދެއްކުމަކުން އެއްވެސް ކަމެއް ޙައްލެއް ނުކުރެވޭނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 47ސ
އަނބިމީހާއާއެކު ނިދަން ނޯށޯންނަ މީހުން ހެނދުނު ތެދުވެ އަނބިމީހާގެ ކުށް ދެއްކުމަކުން އެއްވެސް ކަމެއް ޙައްލެއް ނުކުރެވޭނެ!: މުފްތީ މެންކް

ގިނަމީހުން މިކުރާކަމަކީ ބައިވެރިޔާގެކިބައިން ކިތަންމެ ކުޑަނަމަވެސް އުނިކަމެއް ފެންނައިރަށް ބައިވެރިޔާ ޢާއި ދިމާއަށް ފުންމައިގަންނަނީއެވެ. ގިނަ ފަހަރު އެގޮތަށް ފުންމައިގަނެވޭއިރު ތިމާއަށް މިހުރެވޭ ޙާލު ތިމާޢަކަށް ނުވިސްނެއެވެ. ވީމާ ވިސްނައިލާށެވެ!

އެންމެ ފުރިހަމައަށް އެއްވެސް ކަމެއް ކުރެވޭނު ކަމަށް ޔަޤީން ނުކުރާށެވެ. އަހަރެމެން ކޮންމެ މީހަކީވެސް އިންސާނެކެވެ. ފުރިހަމަ ނުކުރެވޭ ވަރަށް ބައިވަރު ކަންތައްތައް ވެސް ހުންނާނެއެވެ. ވީމާ ތިބާ ކުރާ ކަންކަމުގައި އުނި ސިފަތައް ހުންނާނެ ކަމަށް އަބަދުވެސް ޤަބޫލު ކުރަންވާނެއެވެ.

ޢާއިލީ ކަންކަމުގައިވެސް މައްސަލަތައް ބޮޑުވެގެންދަނީ މިކަންކަން ޤަބޫލުނުކުރެވޭތީއެވެ. އެމީހަކަށް ކަންކަން ކުރެވެނީ ހަމަ އެންމެ ފުރިހަމައަށް ކަމުގައި ޔަޤީންކުރެވޭތީއެވެ. ވީމާ މައްސަލައެއް ކުރިމަތިވެއްޖެ ނަމަ ފުރަތަމަވެސް ބަލަންވީ ތިމާގެ ކިބައިގައި ހުރި އުނި ސިފައަކީ ކޮބައިތޯއެވެ؟ އަމިއްލައަށް ފާހަގަ ނުކުރެވިއްޖެ ނަމަ ބައިވެރިޔާ އާއި ސުވާލުކުރާށެވެ! އޭނާ ދޭ ޖަވާބު ވެސް އަޑުއަހައި ބަލައިގަންނާށެވެ!

މާފަށް އެދެން ޖެހޭ ހާލަތުގައި ފަސް ނުޖެހި މާފަށް އެދޭށެވެ. އެއްވެސް ޙާލެއްގައި މާފަށް އެދުމަކީ ބަލިވުމެއް ނޫނެވެ. ނިކަމެތިކަމެއް ވެސް ނޫނެވެ. މާފަށް އެދުމަކީ ހިތްވަރުގަދަކަމާއި އިޞްލާޙަށް ބޭނުންވާކަން އަނގައިދޭ އެންމެ ބޮޑު ދަލީލެވެ. އޮތީ ކުށް ތަކުރާރު ނުކުރުމެވެ. އެއިރުން މައްސަލަތައް ޙައްލުވެ ލިބޭ އުފާވެރިކަން އިޙްޞާޞްވެސް ނުކުރެވޭނެއެވެ.

މިފަދަ ކަންކަމަށް މަޝްވަރާކުރަން އެންމެ ރަނގަޅުވަގުތަކީ ދުވާލުގެ ބުރަކަން ނިންމާލައި އެކުގައި ނިދަންއަރާ ވަގުތެވެ. އެގަޑީގައި އެކަކު އަނެކަކަށް ސުވާލުކުރާށެވެ! ތިމާއަށް މިއަދު ކުރެވުނު ކަންކަމުގެ ތެރެއިން އެއްވެސް ކަމެއް އިތުރަށް ފުރިހަމަކުރަންޖެހޭނަމަ އެކަންކުރާނެ ގޮތެއް ނިކަން ބުނެދީބަލާށެވެ!

ދެން ބުނަން އޮތީ އަބަދުވެސް ބުނާ ވާހަކައެވެ. މައްސަލަތައް މިފަދަ ގޮތްގޮތަށް ޙައްލުކުރެވޭނީ އެކުގައި ނިދަން އެރޭނަމަ ނޫންހެއްޔެވެ؟ ނިދާ ގަޑީގައި ބައްދަލުނުވެ ނިދަންޖެހެނީ ކިތައް އަނބިންހެއްޔެވެ؟ އެގޮތަށް ދުވަސްތައް ހަފްތާތަކަށް، މަސްދުވަހަށްވެސް އެބަދެމިގެންދެއެވެ. ނަމަވެސް ހެނދުނު ތެދުވެފައި އަނބިމީހާގެ ކުށްދައްކަން ފެށީމާ ޙައްލުކުރެވޭނީ ކިހިނަކުން ހެއްޔެވެ؟ އެކަން ބަދަލުވާނީ ހުޅުގަނޑަށް ދަރުއުކުން ފަދަ ކަމަކަށް ނޫންހެއްޔެވެ؟

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން