މިއޮތީ ސުވަރުގެއިން ގަނޑުވަރެއް ރަސޫލް (ޞޢވ) ގަރަންޓީކޮށްދެއްވަވާފައިވާ 3 ކަންތައް- ޙާޞިލްކޮށްލަން ވަރަށް ފަސޭހަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
މިއޮތީ ސުވަރުގެއިން ގަނޑުވަރެއް ރަސޫލް (ޞޢވ) ގަރަންޓީކޮށްދެއްވަވާފައިވާ 3 ކަންތައް- ޙާޞިލްކޮށްލަން ވަރަށް ފަސޭހަ!

ސުވަރުގެއިން ގަނޑުވަރެއް ލިބޭނެ 3 ކަމަކަށް ރަސޫލް (ﷺ) ވަނީ ގަރަންޓީ ދެއްވަވައިފައެވެ. އެއީ: 1، އެމީހާ ހުރީ ޙައްޤުގައި ނަމަވެސް ޒުވާބުކުރުން ހުއްޓައިލާ މީހާ 2، ސަމާސައަށް ވެސް ދޮގު ނުހަދާ މީހާ 3، އަޚްލާޤް ރަނގަޅު މީހާ އަށެވެ.

ޙަދީޘްފުޅުގައިވާގޮތުން މީގެ ތެރެއިން ސުވަރުގޭގެ އެންމެ މަތިން ގަނޑުވަރެއް ލިބޭނީ އަޚްލާޤް އެންމެ ރަނގަޅު މީހާއަށެވެ. ސަމާސައަށްވެސް ދޮގެއް ނުބުނާ މީހާއަށް ގަނޑުވަރެއް ލިބޭނީ ސުވަރުގޭގެ މެދުތެރެއިންނެވެ. އެމީހާ ހުރީ ޙައްޤުގައި ނަމަވެސް ޒުވާބުކުރުން ހުއްޓައިލާ މީހާއަށް ވެސް ސުވަރުގެއިން ގަނޑުވަރެއް ލިބޭނެއެވެ.

Abu Umamah Al-Bahili (May Allah be pleased with him) reported: Messenger of Allah (ﷺ) said, "I guarantee a house in Jannah for one who gives up arguing, even if he is in the right; and I guarantee a home in the middle of Jannah for one who abandons lying even for the sake of fun; and I guarantee a house in the highest part of Jannah for one who has good manners." [Abu Dawud].

މިޙަދީޘްފުޅުން އެނގިގެންދަނީ މި 3 ސިފައިގެ ހުރި މަތިވެރިކަމެވެ. ތިމާ ހުރީ ޙައްޤުގައި ނަމަވެސް ޖަދަލުކޮށް ޒުވާބުކުރުމެއް ނެތްކަމާއި ސަމާސައަށްވެސް ދޮގު ހަދައިގެން ނުވާނެ ކަމެވެ. ހަމަ އެއާއިއެކު އެންމެ މަތިވެރިކަން ލިބެން އޮތީ އެމީހެއްގެ އަޚްލާޤް ރިވެތިކޮށް ފުރިހަމަކޮށްގެން ކަމެވެ.

މި 3 ކަމަކީވެސް އެމީހަކު އެކަމަށް މަސައްކަތްކޮށްފިނަމަ ހަމަ އެއްވެސް ތަކްލީފަކާއި ނުލައިވެސް ކުރެވެން ހުރި ކަންކަމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން